
އައިސޮލޭޝަން ފެސިލިޓީއެއްގައި މަސައްކަތް ކުރަމުންދާ ނަރުހަކަށް، ފިރިހެން ފުލުހަކު ޖިންސީ ގޯނާކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއްޖެއެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި ހުޅުލޭގެ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ފިރިހެން ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް މޭ 24 2020 ގައި ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ހުށަހަޅާފައިވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 26 މޭއި 2020 ގައި ކަމުގައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގެ ޖިނާއީ ތަހްޤީޤް ކުރިޔަށްދާ ކަމަށެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް މި މައްސަލަ ތަޙްޤީޤް ކުރަމުންދާ ކަމަށެވެ.
ހުޅުލެ އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުންދަނީ ހުޅުލެ އައިލެންޑް ހޮޓެލް އެވެ. މީގެ 18 އަހަރުކުރިން ހުޅުވުނު 5 ތަރީގެ މި ރިސޯޓުގައި 136 ކޮޓަރީގެ ކެޕޭސިޓީއެއް ހުރެއެވެ