
މިއަދު 19 މީހަކަށް ކޯވިޑް ޖެހިއްޖެއެވެ. މިއީ މިއަދުގެ މެނދުރު 2:30 ހަމައަށް ކޯވިޑް ޖެހުނު މީހުންގެ އަދަދެވެ.
މިއަދު ބަލިޖެހުނީ ދިވެހީންގެ ހަތަރު މީހުންނާއި ބަނގްލަދޭޝްގެ 13 މީހުންނާއި އިންޑިއާގެ މީހަކާއި ނޭޕާލު މީހެކެވެ.
ރާއްޖޭގައި ކޯވިޑްފެތުރެން ފަށައި މިހާތަނަށް 1754 މީހަކަށް ކޯވިޑް ޖެހިފައިވެއެވެ. ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 232 މީހަކު ބަލިްނ ފަސޭހަވެފައިވެއެވެ.