
އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބު ކަމުގެ މަގާމަށް ޑރ އަބްދުލް މުޙްސިން މުޙަންމަދު ރައީސް މިއަދު އައްޔަން ކުރައްވައިފިއެވެ.
މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގައި މިހާތަނަށް ހުންނެވި ޑރ މުޙްސިން މިއަދު ނައިބު ކަމަށް ހަމަޖެއްސެވިއިރު އެޑިޔުކޭޝަން މިނިސްޓްރީގައި މީގެކުރިންވެސް 9 ބޭފުޅަކު ނައިބު ކަމުގައި ތިއްބަވައެވެ. އެހެންކަމުން ޑރ މުޙްސިންއާއެކު މިހާރު އެޑިޔުކޭޝަން މިނިސްޓްރީގައި ޖުމްލަ 10 ނައިބުން ތިއްބަވާނެއެވެ.
ޑރ މުޙްސިން މިހާތަނަށް ބޮޑަށް މަސައްކަތް ކުރައްވާފައި ވަނީވެސް ތައުލީމީ ދާއިރާގައެވެ.