ރޯދަމަޖާ: އެއްވަނަ އިނާމު

އެއްވަނަ އިނާމު

 އެތައް ބަޔަކު އެކީ އެއްފަހަރާ މަގުމަތީގައި ދުވާ ތަން ބަލަން ހުރެފައި އާދަނު އެތަނުގައި ކުޅިބަލަން ހުރި މީހެއް ކުރެން އެހިއެވެ. "މިއީ ކީއްކުރާ ބައެއް؟"

އެ މީހާ ޖަވާބު ދިނެވެ. "ދުވުމުގެ މުބާރާތެއް ކުރިއަށް ދަނީ."

އާދަނު އެހިއެވެ. "އެކަން ކުރީމަ ލިބެނީ ކޮން އެއްޗެއް؟"

ކުޅިބަލަން ހުރި މީހާ "މޮޅުވާ މީހާއަށް އިނާމު ލިބޭނެ."

އާދަނު އެހިއެވެ. "އެއް ވަނައަށް ދާ މީހާއަށް އެކަނިތަ އިނާމު ލިބެނީ؟"

އެމީހާ ބުންޏެވެ. "އާނ."

އާދަނު ސުވާލު ކުރިއެވެ. "އެހެންވެއްޖެއްޔާ، އެހެން މީހުން އެ ދުވަނީ ކީއްކުރަން؟"

ފެކްސް މެސެޖު

މެނޭޖަރު: "މި ފެކްސް މެޝިނާ ބެހޭ އެއްވެސް ކަމެއް ކަލެއަށް އެނގޭތަ؟"

މުވައްޒަފު: "ކޮންމެވެސް ވަރަކަށް ދަންނަން. ކިހިނެއްތޯވީ؟"

މެނޭޖާރު: "އަހަރެން ދެންމެ  މީހަކަށް ފެކްސްއެއް ފޮނުވިން. އެ މީހާ ދެންމެ އަހަންނަށް ފޯނުކޮށްފައި ބުނި އޭނާއަށް ލިބުނީ ހުސް ކަރުދާސްގަނޑެކޭ. ދެވަނަ ފަހަރަށް ފޮނުވީމަވެސް އެހެންވީ."

މުވައްޒަފު: "މިއަށް ކަރުދާސް ލެއްވެވީ ކިހިނެއްތޯ؟"

މެނޭޖަރު: "އެ ކަރުދާސްގަނޑުގައި ލިޔެފައިވާ އެއްޗެއް އެހެން މީހަކަށް ފެންނަން އަހަރެން ބޭނުންނުވާތީ އަހަރެން ހެދި ގޮތަކީ ކަރުދާސްގަނޑު ފައްޖަހާލާފައި ފޮނުވީ. އޭރުން އެކޮޅުން އެ ލިބޭ މީހާއަށް އެ ނިއުޅައިގެން ކިއިދާނެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.