އެންމެ ރަނގަޅު ސިނޭރިއޯއަށް ބެލިނަމަވެސް ކޮވިޑާ ގުޅިގެން ޤައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތް 7.7 އަށް ދަށްވާނެ ކަމަށް ސަލާމަތީ ޚިދުމަތްތަބާހޭ ކޮމިޓީގެ ރިޕޯޓުގައި ބުނެފިއެވެ.
ކޮވިޑާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 64 މެމްބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވައިފައެވެ.
އެކޮމެޓީގެ ރިޕޯރޓްގައި އެކިދާއިރާތަކުން ކޮމެޓީން ހޯދި ހޯދުންތައް ވަރަށް ތަފްޞީލްކޮށް ކޮންމެ ދާއިރާއެއް ވަކިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އެމްއެމްއޭއާ ގުޅުން ހުރި ހޯދުންތަކުގެ ތެރެއިން ކޮވިޑާ ގުޅިގެން ދައުލަތުގެ އިޤްތިޞާދަށް ކުރާ އަސަރުތަކާ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީއަށް އަންނާނެ ބަދަލުތައް ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން މިއަހަރުގެ އެންމެ ވާސްޓް ކޭސް ސިނޭރިއޯ ނުވަތަ ޙާލަތު ގޯސް ސިނޭރިއޯގައި މިދިޔައަހަރާ އަޅާބަލާއިރު 17.7 އިންސައްތަ އިން ރާއްޖޭގެ ޖީޑީޕީ ދަށްވާނެކަމަށް އެމްއެމްއޭ އިން އަންދާޒާ ކުރާކަމަށްވަނީ ބުނެފައެވެ.
އެމް.އެމް.އޭއިން ހޯދައިފައިވާ މަޢުލޫ މާތާ ގުޅޭ ގޮތުން ކޮމެޓީގެ ރިޕޯރޓްގައި ވަނީ ރޯގާގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ހީނަރުކަމެއް އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ. މި ޙާލަތުގައި މުޅި އިޤްތިޞާދަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާ ދުވެލި މަޑުވާ މިންވަރު ބިނާވެގެންދާނީ ދުނިޔޭގައި މިބަލިމަޑުކަން ފެތުރެމެންދާ ނިސްބަތަށާއި މިބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެގެންދާނެ މާލީ އަދި އިޤްތިޞާދީ ހީނަރުކަން ކުޑަކުރުމަށްޓަކައި އެކި ސަރުކާރުތަކުންނާއި ދުނިޔޭގެ މާލީ އިދާރާތަކުން ތަންފީޒުކުރާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ވަނީ 15 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައިކަންވެސް ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.5 ގެ ކުރިއެރުމެކެވެ. މިފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވާ މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ވަރަށް ބޮޑަށް ކުރިއަރާފައިވުންކަން ވަނީ ފާހަގަ ކުރައްވައިފައެވެ.
މިއަހަރުގެ ތެރޭގައި ލިބޭ އާމްދަނީ، މަދުވެގެން 3.12 ބިލިއަން ރުފިޔާއަށް ދަށްވާނެކަށް އެމް.އެމް.އޭއިން މަޢުލޫމާތު ދީފައިވާކަމަށް ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އިންފްލޭޝަން އެއް އިންސަތައަށް މައްޗަށްދާނެކަމަށް ކުރިން އަނދާޒާކޮށް ފައިވާ ނަމަވެސް އެއަށްވުރެ މައްޗަށް އިންފްލޭޝަން އުފުލޭނެކަމަށް ކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.
ކޮވިޑާ ގުޅިގެން އިޤްތިޞާދަށްކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި އެމެއެމް އޭ އިން ވަނީ ފަތުރުވެރިކަމުގެ ސިނޭރިއޯ ތަކެއް އެކުލަވާލައިފައެވެ. ކޮމެޓީގެ ރިޕޯރޓްގައި އެ ސިނޭރިއޯތައް ވަނީ ހިމަނުއްވައިފައެވެ. އެ ސިނޭރިއޯތަކުގެ އަލީގައި އަންދާޒާތަކެއް ކުރެވިފައިވާކަމަށް ރިޕޯރޓްގައި ވެއެވެ. ޖީޑީޕީއަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި ބޭނުންކުރެވިފައިވާ އިތުރު އެޒަމްޕްޝަންއަކީ ފަތުރުވެރިކަމުގެ ސިނާޢަތާ ބޮޑަށް ގުޅިފައިވާ ސިނާޢަތްތައްކަން ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ދަށަށް ދާނެކަމަށް އެކި ސިނޭރިއޯތަކަށް ވަނީ އެކިވަރަށެވެ. ފުރަތަ ސިނޭރިއޯ އަކީ އެޕްރީލް މަހުގެ ނިޔަލަށެވެ. އެސިނޭރިއޯ އަށް ބަލާއިރު 43 އިންސައްތައަށް ދަށްވާނެކަމަށް ފާހަގަކޮށްފައި ވެއެވެ. ދެވަނަ ސިނޭރިއޯ އަކީ މޭމެހަގެ ނިޔަލަށެވެ. އެސިނޭރިއޯ 48 އިންސައްތައިގެ ދަށް ވުމެއް އުޅޭ އިރު ތިންވަން ސިނޭރިއޯ އަކީ ޖޫން މަހުގެ ނިޔަލަށެވެ. އެސިނޭރިއޯ އަށް 50 އިންސައްތައިގެ ދަށް ވުމެއް އަންނާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ހަތަރު ސިނޭރޯއަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެ ސިނޭރިއޯއަށްނ 63 އިންސައްތައަށް ފަތުރުވެރިންގެ ނިސްބަތް ދަށްވާނެ ކަމަށް ވަނީ އަންދާޒާކޮށް ފައެވެ.
ފަތުރުވެރިކަން އަލުން ހިނގައި ގަންނާނެގޮތާ ބެހޭ ފޯކާސްޓެއް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއިން ކޮށްފައި ނުވާކަމަށް ރިޕޯރޓްގައި ފާހަގަ ކޮށްފާއި ވާއިރު މަޓީން ބުނަނީ މިއަހަރު ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ނާނާނެ ކަމަށެވެ. އެފަދަ ފޯކާސްޓެއް ހެދުމަށް ކޮމެޓީން ވަނީ ގައުމީ ޔުނިވަރސިޓީއާ ޙަވާލުކޮށްފައެވެ.