
ކުޑަކުދިންނަށް އޮތީ އުފާވެރި މުސްތަޤްބަލެއް: ރައީސް ޞާލިޙް
ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ކުޑަކުދިނަށް ފޮނުވަމުން އެކުދިންނަށް އުފާވެރި މުސްތަޤްބަލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޚް ދެއްވައިފިއެވެ.
އެމަނިކުފާނު ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހްނިޔާގެ މެސެޖެއް ޓްވިޓަރ މެދުވެރިކޮށް އާއްމުކުރައްވައިފައެވެ. އެމަނިކުފާނުގެ މެސެޖްގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާއިރު، އަމާޒަކީ އެބަލިން ކުޑަކުދިން ރައްކާތެރިކޮށްދިނުމުގެ އިތުރުން އެކުދިންނަށް އުފާވެރި މުސްތަޤްބަލެއް ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުޑަކުދިންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދީ ރަނގަޅު ކާނާ އާއި ޞިއްހަތާއި ތައުލީމު ކަށަވަރުކޮށްދިނުމުގެ އަމާޒަށް މި ހާލަތުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށް ޓްވީޓްގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކުޑަކުދިން އަނިޔާއިން ސަލާމަތްކުރުމަށް މިހާލަތުގައި ވެސް މަސައްކަތްކުރަމުން ގެންދަވާނެ ކަމުގެ ޔަޤީން ވަނީ ދެއްވައިފައެވެ.
މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހަތް މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.