
މިއަދު 86 މީހަކަށް ކޯވިޑް ޖެހިއްޖެއެވެ. އެއާކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 734 އަށް އެރީއެވެ.
އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ މިއަދުގެ ހަވީރު ފަހެއް ޖެހުމާ ހަމައަށް 86 މީހަކު ކޯވިޑަށް ޕޮޒިޓިވފް ވެފައިވާ ކަމަށެވެ. އެ މީހުންގެ ތެރޭަގައި ހިމެނެނީ ބަނގްލަދޭޝްގެ 67 މީހަކާއި އިންޑިއާގެ 3 މީހަކާއި ދިވެހިރާއްޖޭގެ 14 މީހަކާއި ސިރީލަންކާގެ އެކަކާއި ނޭޕާލުގެ އެކަކެވެ.
މިއަދު ޕޮޒިޓިވް ސާމްޕަލްތަކަކީ ބަލި އޮވެދާނެ ކަމަށް ބެލެވި ޓެސްޓުކުރުމަށް ނާޒުކު ހާލަތުގެ ގޭބިސީ ތަކުން ނަގާފައިވާ ސާމްޕަލްކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.