ފިޔަވަޅުތައް އަޅަމުން ގެންދަނީ އަންދާޒާ ތަކަށް ބައްލަވައިފައި- އެންއީއޯސީ

ކުރިއަށް އޮތް ދެ ހަފާތާ ތެރޭގައި ކޮވިޑް ގެ ޕީކަށް ދާނެ ކަމަށް ލަފާކުރެވޭއިރު ފިޔަވަޅުތައް އަޅަމުން ގެންދަނީ އަންދާޒާ ތަކަށް ބައްލަވައިފައި-ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްޢަޒީޒު ވިދާޅުވީ މިހާރު ފެންނަނަމުން ދާ ވަރަށް ކޮވިޑްގެ ކޭސްތައް ފެންނަމުންދާނަމަ ކުރިއަށް އޮތް ދެހަފާތާތެރެގައި ޕީކަށް ދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބަލިޖެހޭ މީހުންގެ ނިސްބަތް ވިހާވެސް ދަށުގައި އޮންނަން ބޭނުންވި ނަމަވެސް ހިސާބުތަކުން ދައްކަނީ ދެހަފްތާ ތެރޭގައި އިތުރުވުމެއް އަންނާނެކަމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން އެހާލަތަށް ދާއިރު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅޭ ޕްރޮޖެކްޝަންތަކުގެ އަންދާޒާ ތަކަށް ރިޢާޔަތް ކުރައްވައި ޑޮކްޓަރ ޝިނާ ވެސް ވިދާޅުވެފައި ވަނީ ކޮވިޑްގެ ޕީކާ ރާއްޖެ އިން ކުރިމަތި ލާނީ ރޯދަމަހު ފަހުކޮޅުކަމަށެވެ.

ރާއްޖެއިން މިހާތަނަށް ބލިޖެހިފައި ވަނީ 573 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 369 ބިދޭސީންނާއި 204  ދިވެހިންނެވެ. މިވަގުތު ބަލި ޖެހިފައިވަނީ 549 މީހުންނެވެ. މިއަދު ބަލި ޖެހިފައިވަނީ 22 މީހަކަށެވެ. މިއަދު މަރުވި ބަނގްލަދޭޝް މީހާއާއެކު މިހާތަނަށް ކޮވިޑްގައި ދެ މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ. އައިސީޔޫގައި  ހަމީހަކަށް ފަރުވާ ދެމުން ދާއިރު ދެމީޙުން އޮތީ ވެންޓލޭޓަރުގައެވެ

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.