މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އދ. ދަގެނތިން މަސްތުވާތަކެއްޗާއެކު 02 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އދ.ދަގެއްޗަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބުމުން، ޖުލައި 15 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައީ 27 އަހަރުގެ ފިރިހެނަކާއި އަދި 32 އަހަރުގެ ފިރިހެނެކެވެ.

އދ.ދަގެނތި ބަނދަރުމަތިން މިދެމީހުން ހުއްޓުވި ވަގުތު މިތަނުން 27 އަހަރުގެ ފިރިހެން މީހާގެ އަތުތެރެއިން އެއްޗެއް ވައްޓާލައި ފައިން އެރި މަންޒަރު ފުލުހުންނަށް ފެނުމުން އެއެތި ނަގާބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި 32 އަހަރުގެ ފިރިހެންމީހާ ބަލާފާސްކުރުމުން އޭނާގެ ވޮލެޓްގެ ތެރެއިންވެސް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އދ.މެޖިސްޓްރޭޓް މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 3 ދުވަސް ދީފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

(ޚަބަރު: މޯލްޑިވްސް ޕޮލިސް ސަރވިސް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.