
މިއަދު އެކަނި 73 މީހަކަށް ކޯވިޑް ޖެހިއްޖެއެވެ. އިރު އޮއްސުމާ ހަމައަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ ފަންސާހެވެެ ނަމަވެސް މިރޭގެ ޕްރެސްގައި ކޭސްތަކުގެ މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕްރެސް ފެށުމުގެ އިރުކޮޅެއް ކުރިން އިތުރު 23 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ބަލިޖެހުނު މީހުންގެ ވަކިވަކި ތަފްސީލަށް ނުގޮސް ޑރ. އަފްޒަލް ވިދާޅުވީ މިހާރު ލިބިފައި ހުރި ކޭސްތަކަށް ބަލާއިރު ކްލަސްޓަރ ތަކަށް ބެހފިައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެކަކު އަނެކަކާ ކޮންމެވެސް ގޮތަކަށް ގުޅިފަިއ ހުރި މީހުންކަން ފަހަގަކުރެވޭ ކަމަށެވެ.
މި މީޙުން ޓެސްޓު ހަދާފައިވަނީ ސިލްސިލާއެއް ގޮތަށް ކަމަށް ޑރ. އަފްޒަލް ވިދޅުވިއެވެ. އެގޮތުން ބަލިޖެހފިައި ތިބި މީހުންނަ ދިމާވި މީހުން ހޯދި އެމީހުންނާ ސީދާ ދިމާވި މީހުން ހޯދައި ޓެސްޓުކުރެވޭ ކަމަށެވެ. އެގޮތުން އަލަށް ހޯދޭ މީހުންނާ ދިމާވި މީހުން ހޯދައި ޓެސްޓުކުރުމުގެ ތެރެއިން މީހުން ފެނިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މަދުމަދުން އެކަހަލަ ގުޅުމެއް ނެތް މީހުން ވެސް ބައްޔަށް ޕޮޒޓިވް ވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.