
މި ރޯދަ މަހަކީ އެހެންރޯދަ މަސްމަހަށްވުރެ ހުރިހާ ގޮތަކުން ވެސް ދަތި ދުވަސްކޮޅަކަށް ވާތީ އާފަތިސް ރޯދަބަދިގެއިން ގެނެސްދެވޭތޯ މަސައްކަތް މިކުރަނީ ވީހާވެސް މަދު ބާވަތްތަކެއް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ބާވަތްތަކެވެ. އެހެންކަމުން މިފަހަރު ރެސިޕީތަކުގައި ހިމަނާނީ މަދުވެގެން 3 ބާވަތް ނުވަތަ ގިނަ ވެގެން ފަސް ބާވަތެވެ.
ބޭނުންވާނެ ބާވަތްތައް:
120 ގުރާމުގެ އޯރިއޯ ދެ ބޮނޑި
½ ޖޯޑު ކިރު
1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރު
ތައްޔާރުކުރާނެ ގޮތް:
ބިސްކޯދު ބޮނޑި ފުނޑުކޮށްފައި މިކްސަރަކުން ހިމުން ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބައިޖޯޑު ކިރު އެޅުމަށްފަހު ނަރުގަނޑަކުން އެއްކުރާށެވެ. ބިސްކޯދާއި ކިރު ރަނގަޅަށް އެކުވުމުން ބޭޚިން ޕައިޑަރު އެއްކޮށްލާށެވެ. ދެން ދެ އޯރިއޯ ނުވަތަ 3 އޯރިއޯ ފުނޑުކޮށްފައި ކޭކު ފުށްގަނޑުގެ މަތީގަިއ އަތުރާލާށެވެ.
އެއަށްފަހު ކުޑަ ޓްރޭއަކަށް ހުސްކުރުމަށްފަހު 150 ޑިގްރީގައި ފިހެލާށެވެ.