ކޮވިޑްގެ – 19 ގެ އަންދާޒާ: ބަލިފެތުރި ކުންނަށް ދާއިރު ފަރުވާ ދެވޭނެ ކެޕޭސިޓީއެއް ނެތް، 2000 މީހުން މަރުވާނެ 

ކޮވިޑުން މުޖުތަމަޢަށް ފެތުރި ޕީކަށް ނުވަތަ ކުންނަށް ދާ ޙާލަތުގައި ފަރުވާ ދެވޭނެ ކެޕޭސިޓީއެއް ރާއްޖޭގައ ނެތްކަށާއި ދެހާހެއްހާ މީހުން އެހާލަތުގައި މަރުވާނެކަމަށް އެ އަންދާޒާ ކިރެވޭކަމަށް އެ އަންދާޒާ ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ޑޮކްޓަރ ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާރު ބަލި ފެތުރެމުންދާ ނިސްބަތާއި ކޮންޓެކްޓް ހުރިގޮތަށް ބަލާއިރު މިހާރު ވެސް ބަލިޖެހިފައިވާ 100 އެއްހާ މީހުން ތިބޭނެކަމަށެވެ. މިހާރު ބަލި ފެތުރެމުންދާ ބާރު މިނަށް ބަލާއިރު މަހެއްހާ ދުވަސްތެރޭގައި މިބަލީގެ ކުންނަށް ދާނެކަމަށް ވެސް ވިދާޅުވިއެވެ. އެނދު ހުރިކަމުގައި ވިޔަސް ފަރުވާ ދިނުމަށް ބޭނުންވާ ވަރަށް ޑޮކްޓަރުން ނެތުމުން ޚިދުމަތަށް ބޭނުންވާ ވަރަށް ޚިދުމަތް ފޯރުކޮށް ނުދެވޭނެކަމަށް ޑޮކްޓަރ ޝީނާ ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ވެންޓިލޭޓަރވެސް ނެތްކަން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މިހާރު ފެތުރޭވަރާއި ކޮންޓެކްޓް ހުރި ގޮތަށް ބަލާއިރު ވިހި ވަނަ ދުވަހާ ހަމައަށް ޚިދުމަތް ފޯރުކޮށް ދެވޭނެކަމަށާއި ނަމަވެސް އެކާވީސް ވަނަ ދުވަހުން ފެށިގެން ބޭނުންޖެހޭ ވަރަށް ޚިދުމަތް ފޯރުކޮށް ނުދެވޭނެކަމަށެވެ. ޑޮކްޓަރ ޝީނާ ވިދާޅުވީ ފަރުވާ ނުދެވުމުން، ޖެހޭނީ ދޫކޮށްލަން ކަމަށެވެ.

"ފަރުވާ ނުދެވިއްޖިއްޔާ ދޫކޮށްލަން ޖެހޭނީ. ވަރަށް ނުރައްކާ އަޅުގަނޑު މެންގެ ނެތް ކެޕޭސީޓީއެއް" ތަކުރާރުކޮށް ޑރ ޝީނާ ވިދާޅުވިއެވެ.

ކޮވިޑްގެ އެންމެ ގޯސް ހާލަތަށް ދާންވާއިރަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްލަތް ތަކެއް ކުރަމުންދާކަމަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި ޑރ ނަޒްލާ ރަފީޤް ވިދާޅުވިއެވެ. އައިސީޔޫގައި ދޭންޖެހޭ ފަރުވާއަށް ގިނަޢަދަދެއްގެ ޑޮކްޓަރުން ތަމްރީންކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ޑޮކްޓަރުކަން ކިޔަވަންތިބި ކުދިން ވެސް ރާއްޖެއަށް ގެނެސްފައިރު އެކުދިންވެސް ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އަތޮޅުތަކުންވެސް އިތުރު ޑޮކްޓަރުން ޚިދުމަތަށް ގެނެވޭނެކަން ފާހަގަ ކުރެއްވިއެވެ. ވޮލަންޓިއަރކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތައް ވެސް އެބަތިބި ކަމަށާއި އެފަދަ ފަރާތްތައްވެސް ޚިދުމަތަށް ނެރެވޭނެ ކަމަށެވެ. ނަމަވެސް ބޭރުން ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ކުރަމުން އައި މަސައްކަތަށް ވެސް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި، ކޮވިޑާގުޅޭ ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިމަހު އެކާވީސް ވަނަދުވަހު ބައެއް ވެންޓިލޭޓަރތައް ލިބޭނެކަމަށެވެ. އަދި މިހާރު ގެނައުމަށް މަސައްކަތްކުރަމުންދާ 135 ވެންޓިލޭޓަރ މިމަހުގެ ނިޔަލަށް ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.

ކުރިން އަންދާޒާ ކޮށްފައިވަނީ އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ އެއްލައްކައެއްހާ މީހުންނަށް ބަލިޖެހިދާނެ ކަމަށާ މިހާރު އަންދާޒާކޮށްފައިވަނީ މިހާރު އަޅައިފައިވާ ފިޔަވަޅުތަކާއެކު ވެސް އެ ޢަދަދަށް މީހުންނަށް ބަލި ޖެހޭނެކަމަށެވެ. އެއީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ހަތަރު ބައިކުޅަ އެއްބައެވެ.

މިހާތަނަށް މާލެއިން ވަނީ އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި މިހާތަނަށް 274 މީހަކު ފަހާގަ ކުރެވިފައިވާ ކަމަށް ވެސް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. ޕްރައިމަރީ ކޮންޓެކްޓުންނާ ކޮންޓެކްޓްވާ މީހުން ވެސް އައިސޮލޭޓް ކުރެވޭކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.