ރާއްޖޭގެ 5 ސަރަހައްދަކުން ކޮވިޑަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސަނީ

 ރާއްޖޭގެ 5 ސަރަހައްދަކުން ކޮވިޑަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމަވައިފައިވާ ކަމަށް ކޮވިޑާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ކަނޑައަޅައިފައިވާ ތަރްޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވީ، ފަސް ސަރަޙައްދެއް ކަނޑައެޅި، އެތަންތަނަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕީޓަލުގައި 23 އައިސީޔޫ އެނދާއި 22 އައސޮލޭޝަން އެނދު ހެދުމަށް ވަނީ ނިންމައިފައެވެ. ގއ އަތޮޅު ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 12 އައިސޮލޭޝަން އެނދު ހެދުމަށް ވަނީ ނިންމައިފައެވެ. ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދާއި 23 އައިސޮލޭޝަން އެނދު ހެދުމަށް ވަނީ ނިންމައިފައެވެ. ބ.އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. ށ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ބެހެއްޓުމަށް ވަނީ ނިންމައިފައެވެ.

މީގެތެރެއިން ބައެއް ހޮސްޕިޓަލްތަކަކީ މިހާރުވެސް ބޭނުން ކުރަންމުންދާ ހޮސްޕިޓަލުތަކަށް ވުމުން ކޮވިޑަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާނީ ވަކިން ވަދެ ނިކުމެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހުގައި ކަމަށް ކޮވިޑާ ބެހޭ ތަރްޖަމާނު ވިދާޅިވިއެވެ. ކޮވިޑަށް ފަރުވާ ދިނުމަށް ތައްޔާރުކުރާ ތަންތަނުގައި ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސަވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ އާލާތްތައް މިހާރު ދަނީ ހޯއްދަމުންނެވެ.

އިތުރު ދިވެއްސަކު ޕޮޒިޓިވް ވުމާ ގުޅިގެން ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 20 ށް އަރާފައެވެ. ހަމައެހެންމެ އެންމެ ފުރަތަމަ ޕޮޒިޓިވް ވި ދިވެހި މިހާ ބަލިން ރަނގަޅުވެ ކޮވިޑަށް ޑަބަލް ނެގެޓިވް ވުމާ ގުޅީގެން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 14 އަށް އަރާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.