
ހަތަރުވަނަ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި މިފަހަރު ޕޮޒިޓިވް ވީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފައިވާ ދިވެއްސެކެވެ،
ކޯވިޑް-19 އެމީހާ ޓެސްޓުކުރީ އޭނާގެ ފަރާތުން އެބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެންކަމަށް އެޗްޕީއޭ އިން ހާމަކުރިއެވެ. މި މީހާ އަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހެކެވެ.
މިއަދު ޕޮޒިޓިވް ވި މީހާއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 19 އެވެ. އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވް ވި މީހާ އާއެކު މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ 4 މީހުންނެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ. ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ.