
އަށް މީހުންނާއެކު މަހަށް ނުކުމެ އުޅުނު ލޯންޗެއް ތެޔޮ ހުސްވެގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުން އެހީތެރިކަން ފޮރުކޮށްދީފިއެވެ. އެ ލޯންޗު މަސްވެރިކަމަށް ނުކުމެ އުޅުނީ ކ. ހިންމަފުށީ ކައިރިއަށެވެ.
އަށާރަ ފުޓޫގެ އެލޯންޗުން ތެޔޮސް ހުވެފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 1:04 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިންއިރު އެލީންޗު ވަނީ އިންޖީން ހުއްޓިފައެވެ.
އެމްއެންޑީއެފުން އަބަދުވެސް ގެންދަވަނީ ކަނޑުމައްޗަށް އަރާއިރު ވާވަރަށް ތެޔޮހުރިތޯއާއި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަވެފައިވޭތޯ ބެލުމަށް އިލްތިމާސް ކުރަމުންނެވެ.