ބަތަލާއިން އަނެއްކާ ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ

ސޭންޑީސް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ  މީހަކު އަނެއްކާވެސް ފެނިއްޖެއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ އެރަށުން ކޮވިޑް-19 އަށް ޝައްކު ކުރެވޭބަޔަކު ފެނިގެން މިހާރު އެރަށްވަނީ އަނެއްކާވެސް މޮނިޓަރިންއަށް ލައިފައި ކަމަށެވެ. މީގެ ކުރިން އެރަށުން ވަނީ ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އަދިވެސް އީކުއޭޓަރ އައިލެންޑް ސަފާރީ ވެސް އޮތީ މޮނިޓަރިންގައި ކަމަށް އޭނާ މިއަދު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ވިލިވަރު ފެސިލިޓީގައި 28 މީހަކު އެބަތިބި ކަމަށެވެ. އޭގެ އިތުރުން ވެލިދޫގައި ފެސިލޓީގައި މިހާރު 126 މީހުން އެބަތިބި ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ފަންއައިލެންޑް ރިސޯޓުގައި 58 މީހުން އެބަތިބި ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.