އިޓަލީ މީހާ ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ދެކޮޅު ހަދާފައި: ރިޔާޒު

ރާއްޖެއިން ކޮވިޑް-19 އަށް ފުރަމަ ޕޮޒިޓިވްވި ދެމީހުންނަށް އެބައްޔަށް ޕޮޒިޓިވި ކަމަށް ބެލެވޭ އިޓަލީ ފަތުރުވެރިޔާ އެބައްޔަށް ޓެސްޓް ކުރުމަށް ޑރ. ލަފާދިން، ކަމަށާއި އެހެންނަމަވެސް އޭނާ ވަނީ އެކަމަށް ދެކޮޅު ހަދާފައ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މި މައްސަލަ ތަހޫގީގު ކުރުމަށް ފުލުހުންނަށް ތަފާތު ގޮންޖެހުން ތަކެއްވެސް ކުރިމަތިވެފައިވާ ކަމަށެވެ. މިމައްސަލާގައި އެއްވެސް ފަރާތަކުން އޮޅުވާލައިފައިވާ ކަމެއް ނުވަތަ ގަސްތުގައި މިފަދަ ކަމެއްކޮށްފައިވާ ކަމެއް އަދި އެނގިފައެއް ނުވާކަމަށެވެ.

"އިޓަލީ މީހާގެ ގައިން ފެނިފައިވަނީ ކޮވިޑް-19 ގެ އަލާމާތެއްތޯ ބެލުމަށް ޓެސްޓްތަކެއް ހަދަން ޑޮކްޓަރު ލަފާދިން. ނަމަވެސް އެ ޓެސްޓް ހަދަން ފަތުރުވެރިޔާ އިންކާރުކުރި،" ރިޔާޒު ވިދާޅުވިއެވެ.  ރިޔާޒު ވިދާޅުވީ މިމައްސަލަ އަދިވެސް އޮތީ ތަހުގީގު މަރުހަލާގައި ކަމަށެވެ. މައްސަލަ ތަހުގީގު ކުރަން މިހާރުވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޖީގެ އެންގެވުމުގެ މަތީން ޖިނާއީ ތަހުގީގު ކުރުމަށް ފުލުހުން ކުރެއްދޫ ރިސޯޓަށް ދިއުމުން އެޓީމް އެރަށުގައި ކަރަންޓީން ކުރި ކަމަށް ރިޔާޒް ވިދާޅުވިއެވެ. ކޮވިޑް-19 ގެ ސަބަބުން މިފަދަ ކަންކަން ދިމާވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ މިމައްސަލައިގެން ތަހުގީގު ކުރިއަށްދާއިރު ހުރިހާ ދިމާއެއް ވެސް ބަލަމުންދާ ކަމަށެވެ. އެއްވެސް ދިމާއަކުން ކަމެއް ގޯސްކޮށްފައިވާނަމަ ފިޔަވަޅު އަޅާނެކަމަށް ވެސް ވިދާޅުވިއެވެ.

އިޓަލީ މީހާގެ ކިބައިން ފެނުނު އަލާމާތްތަކަށް ބަލާފައި އެފަދަ ކަންކަން އަންގަން ނުވަތަ ސާފުކުރަން އޮންނަ ހޮޓްލައިނަށް ގުޅާފައި  އެކަމާ ބެހޭގޮތުން މަޝްވަރާ ކުރިކަމުގެ ކޯލް ރެކޯޑިން ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކޯލްގައި ވަނީ އެ ބައްޔަށް ޝައްކު ކުރެވޭ ކުރައިޓީރިއާ ބަދަލެއް އައިފައިވޭތޯ ބަލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެޗުޕީއޭއިން ވަނީ އެމައުލޫމާތު ދީފައި ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެމީހާ ބަލިވެގެން ދެތިން ފަހަރަކު ޑޮކްޓަރަށް ވެސް ދެއްކިކަކަށެވެ. ޑޮކްޓަރަށް ދައްކައި ފަރުވާދޭން ފެށުމުން އޭނާގެ ހާލު ރަނގަޅުވަމުން އައިކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ފުރަން ވެގެން އޭނާ އެއާޕޯޓަށް ގޮސް ޗެކިން ކައުންޓަރު ކައިރީގައި ހުއްޓާ ވެއްޓުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އެ ޙާލަތުގައި ބޯޓަށް އެރުވުމުން އޭގައި ތިބި އިޓަލީގެ އެހެން ފަތުރުވެރިންގެ ފަރާތުން އެވާހަކަ ކެޕްޓަނާ ހަމައަށް ދިޔަ ކަމަށާއި އޭނާގެ ހާލަތަށް ބެލުމަށްފަހު ދިގު ދަތުރަކަށް އޭނާ ގޮވައިގެން ފެށުމަކީ އިތުރު ކަންތައްތަކެއް ދިމާވެދާނެ ކަމަކަށްވާތީ ކެޕްޓަން ވަނީ އޭނާ ގޮވައިގެން ދަތުރު ކުރުން ރަނގަޅުނޫން ކަމަށް ނިންމައިފައިފައެވެ.

އޭނާ ޕޯޓް ހެލްތު ކްލިނިކަށް  ވެސް ދެއްކި ކަމަށާއި އެހެންނަމަވެސް އޭރު ކޮވިޑް-19 ގެ އަސަރެއް ފެނިފައިނުވާތީ އިތުރުފަރުވާއެއް އޭނާއަށް ދީފައެއް ނުވެއެވެ. އެދުވަހު އޭނާއަށް ނުފުރިގެންވަނީ މާލެއައިސް މާގިރި ހޮޓަލުގައި މަޑުކޮށްފައެވެ. އެތާ ހުރެފައި އޭނާ ވަނީ ޖެހިގެން އައިދުވަހު ފުރާފައެވެ. އޭނާ ފުރަގެން އިޓަލީއަށް ގޮސް ވެސް ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވް ކަން އެންގީ އަމިއްލައަށް ނޫން ކަމަށް ވެސް އޭނާ ރިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާ ފުރުމުން ވެސް ރިސޯޓުން އޭނާއަށް ގުޅައި ހާލު ބެލި ކަމަށާއި އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްތީ ވެސް ބަލަމުން ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ކުރެއްދޫއިން އެ ފަތުރުވެރިޔާ ފުރި މައްސަލަ އާއްމު އުސޫލުން ބަލަން ނުވަތަ ތަހުގީގު ކުރަން ދަތިތަކެއް ހުއްޓސް މިހާރުވަނީ ހުރިހާ މައުލޫމާތެއް އެއްކުރެވިފައި ކަމަށް ވިދާޅުވިއެވެ. އޭނާ އެންމެ ފުރަތަމަ މާލެއައީ ފެބުރުއަރީ 23 ގައި ކަމަށާއި، އެފަހުން އޭނާ ބަލި ވެގެން އެންމެފުރަތަމަ ޑޮކްޓަރަށް ދައްކަފައި ވަނީ އެމަހު 26 ގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި 27 ގައި ވެސް ދެއްކިކަނަށް ވިދާޅުވިއެވެ. އެދުވަހު މެންދުރުފަހު ރެސްޓޯރެންޓެއްގެ ތެރެއަށް ވެއްޓިގެން ރިސޯޓްގެ ކްލިނިކުން އޭނާއަށް ފަރުވާދީފައިވާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.