އެމެރިކާއާއި އިނގިރޭސިވިލާތާއި، އެފްރިކާ، ގެ ޑޮކްޓަރުން ހިމެނޭ ޓީމެއް ރާއްޖެ އަންނަނީ

އިންޑިއާއިން ރާއްޖެއަށް ފޮނުވި މެޑިކަލް ޓީމް/ފޮޓޯ ފޮރިންމިނިސްޓްރީ

އެމެރިކާއާއި އިނގިރޭސިވިލާތާއި، އެފްރިކާ، ގެ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ކޮވިޑް-19 ކަހަލަ ކަންކަމުން ސަލާމަތްވުމަށް އެހީތެރިކަން ފޯރުކޮށްދޭ ޓީމެއް ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މިއަދު ވިދާޅުވީ އެއީ ޓޫރިޒަމްގެ ޓްރަސްސްޓް ފަންޑާއި، އެ އިންޑަސްޓްރީގެ އެހީތެރިކަމާއެކު ރާއްޖެ އަންނަ ޓީމެއް ކަމަށެވެ. އެއީ ކޮވިޑް 19 އާ ދެކޮޅަށް މަސައްކަތްކުރާ ޓާސްކް ފޯހަށް ޓޫރިޒަމް މިނިސްޓްރީން ހަދިޔާކުރާ ޓީމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ހަފްތާތައް ވެގެންދާނީ ކޮވިޑް-19 އާ ދެކޮޅަށް އެކަށީގެންވާ ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ދުސްތަކަކަށް ކަމަށެވެ. "އަޅުގަނޑުމެން ދެކޭގޮތުގައި ކުރިއަށް މިއޮތް ހަފްތާތައް ވެގެންދާނީ އެކަށީގެންވާ ގޮތެއްގައި މިކަމުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ދުސްތަކަކަށް،" މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ވެސް އިއްޔެ ވަނީ ރާއްޖެއަށް ޑޮކްޓަރުންގެ ޓީމެއް ފޮނުވައިފައެވެ. އެޓީމް މިހާރުވަނީ އައިޖީއެމްއެޗުގައި ހަރަކާތްތެރިވާން ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.