މާލެ ސަރަހައްދާއި ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ނުކުރަން އަންގައިފި

މާލެ ސަރަޙައްދާއި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއާތުގައި ފަރުޟު ފަސް ނަމާދު ނުކުރުމަށާއިމ ހުކުރު ނަމާދު މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގަވައިފިއވެ.

އެ މިނިސްޓްރީގެ މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ދެއްވި ނިއުސް ކޮންފަރެންސްގައި މިއަދު ވިދާޅުވީ އެގޮތަށް ނިންމެވީ ޢިލްމުވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. މިއީ ކޮވިޑް-19 ރާއްޖޭގައި ފަތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާފިޔަވަޅު ތަކުގެ ތެރެއިން ފިޔަވަޅެކެވެ. ރާއްޖެ ނޫނަސް ދުނިޔޭގެ ބައެއް މުސްލިމު ޤައުމުތަކުގައި ގެންދަވަނީ މިފިޔަވަޅު އަޅުއްވަމުންނެވެ.

މިކަމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގައި ވިދާޅުވީ "މިއަދުގެ މެންދުރު ނަމާދަށްފަހު އަންނަ ހޮނިހިރު ދުވަހުގެ އަސްރުނަމާދާ ހަމައަށް މާލެއާއި، ހުޅުމާލެއާއި ވިލިގިއްޔާއި، އަދި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި ފަރުޟު ނަމާދު ޖަމާއަތުގައި ނުކުރުމަށާއި އަދި ހުކުރު ނަމާދު މެދުކަނޑާލަން" ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމާއެކު މާލެ ސަރަހައްދާއި ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދެއް މިސްކިތްތަކުގައި ނުކުރާނެއެވެ.

މިނިސްޓަރ އަޙުމަދު ޒާހިރު ވިދާޅުވީ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިފިޔަވަޅު އެޅުއްވީ ޢިލްމުވެރީންނާއި، ފަތުވާ މަޖިލީހާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މުޅި ރާއްޖެ ލޮކްޑައުން ކޮށްފި ކަމަށްވާނަމަ މުޅި ރާއްޖޭގައި މި އުސޫލު ހިނގާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ނިއުސްކޮންފަރެންސްގައި މިނިސްޓަރ ވިދާޅުވީ މިސްކިތުގައި ޖަމާޢަތުގައި ފަރުޟު ނަމާދު ނުކުރެވުނަސް ނަމާދަށް ރައްކާތެރި ވުމަށެވެ. އަދި ގިނައިން ދުޢާކުރުމަށް ވެސް މިނިސްޓަރ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.