މިރޭ ނުވައަކުން ފެށިގެން ހެނދުނު ހައަކަށް ވީއައިއޭ ބަންދު ކުރަނީ

މިރޭ 9:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބަމްދު ކުރަން ނިންމައިފިއެވެ. މިރެއިން ފެށިގެން ވަކި ގޮތެއް އަންގަންދެން މިގޮތަށް މިކަން ކުރިއަށްދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.

ކޮމާޝަލް ދަތުރުތަކަށް އެއާޕޯޓު ބަންދުކުރި ކަމަށްވިޔަސް ރާއްޖެއަށް ބޭނުންވާ އެހީގެ ސާމާނާއި އެހެނިހެން ދަތުރުތަކަށް އެއާޕޯޓު ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން  ވިދާޅުވެފައިވެއެވެ.

މިއީ ދުނީޔޭގައި އެއްވެސް ކޮންޓްރޯލެއްނެތި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެކެވެ. ސަރުކާރުން ވަނީ މިމަހު 27 އިން ފެށިގެން ރާއްޖެއިން އޮންއަރައިވަލް ވިސާ ދޫކުރުން ވެސް ހުއްތާލައިފައެވެ. އެ ހިސާބުން ރާއްޖެވަނީ ބޭރުން އަންނަ ފަތުރުވެރިންނަށް ބަންދުކުރެވިފައެވެ.

ސަރުކާރުން މިހާރު ގެންދަވަނީ ވިވަގުތު ރާއްޖޭގައިތިބި އެހެން ގައުމުތަކުގެ ފަތުރުވެރިން ފުރުވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އިއްޔެވަނީ އިޓަލީގެ 358 މީހުން ފުރުވާލައިފައެވެ.

ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރުވަނީ އެތެރޭގެ ދަތުރުތައް ވެސް ވަރަށްބޮޑަށް މަދުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.