ކޮންމެ ގެއަކަށް އެއްޓަނު ފެން އެމްޑަބްލިޔު އެސީން ހިލޭ ދެނީ

 މާލޭގެ ކޮންމެ ގެއަކަށް އެއްޓަނު ފެން އެމްޑަބްލިޔު އެސީން ހިލޭ ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކެވެ.

މިކަމާބެހޭ ގޮތުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ ގޭގެއަށް އެ މިންވަރަށް ދޭނީ ސިއްހީ ކުއްލިނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިއުލާންކުރި ދުވަހުން ފެށިގެން 30 ދުވަހަށް ކަމަށެވެ. އެ އެހީ ދެއްވާނީ ހަމައެކަނި ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. ޑޮމެސްޓިކް ކަސްޓަމަރުގެ ޢަދަދު ސާޅީސްހާހަށްވުރެ ގިނަ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި ގޭގެއިން ބޭނުންކުރާ ފެނުގެ ބިލް ފޮނުވާނީ އެއްޓަނު ފެނަށްވާ ވަރަށް ފައިސާ އުނިކޮށްފައި ކަމަށެވެ. "އަޅުގަނޑުމެން އެ ފެންޓަނު ގޭގެއަށްދޭނީ އެމަހުގެ ފެންބިލަށް އެރި ޖުމްލަ އަދަދުން އެއްޓަނު ފެނަށް ވާވަރަށް ފައިސާ އުނިކޮށްފައ. އެ މިންވަރަށް ފެން ބޭނުން ނުކުރާ ނުވަތަ ނުކުރެވޭ ގެތަކުގެ ފެންބިލް ފްރީވެގެންދާނީ،" ޝާހު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.