
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާން ކުރުމާ ގުޅިގެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ އާޢިލީ ބައްދަލުވުން ވަގުތީ ގޮތުން ހުއްޓާލައި ފޯންކޯލް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވައިފިއެވެ.
ފުލުހުންގެ މީޑިއާގެ ގްރޫޕްގައި ހާމަކޮށްފައިވާ ގޮތުގައި އާއިލީ ބައްދަލުވުމުގެ ބަދަލުގައި ކޮންމެ 10 ދުވަހަކުން 10 މިނެޓްގެ ފޯނު ކޯލެއް އާއިލާއެކު ދެވޭނެއެވެ. މީގޭ އިތުރުން ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ފަރާތުން ރޯގާގެ އަލާމާތެއް ފެންނަން ހުރިނަމަ ވަކީލަކާ ބައްދަލުކުރުމުގެ ފުރުޞަތުވެސް ނުލިބޭނެއެވެ. އެނޫން ޙާލަތުގައި ވެސް ބައްދަލު ވުމަށް ނުދިއުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. ވަކީލު ބައްދަލުވުމަށް 30 މިނެޓްގެ ފޯންކޯލެއް ދެވޭނެ ކަމަށް ފުލުހުން ވަނީ ހާމަކުރައްވައިފައެވެ.
ޙާލަތު ނޯމަލް ވަންދެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ބައްދަލުވުން ތައް ކުރިއަށް ގެންދެވުމަށް ނިންމައިފައި ވަނީ މި އުޞޫލުންނެވެ.