
ކޮންމެހެން ފަރުވާ ހޯދަންޖެހޭ ހާލަތެއްގައި ނޫނީ ރާއްޖެއިން ބޭރަށް ސިއްހީ ޚިދުމަތް ހޯދަން މިދުވަސްވަރު ދިއުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެކުންފުނީން މިއަދު ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ސިއްޙީ ފަރުވާގެ އިތުރުން އެހެނިހެން ކަންކަމުގައި ވެސް މިދުވަސްވަރު ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމަށެވެ. އެހެން ކަމުން އެންމެން ވެސް އެކަމަށް ސަމާލުވުމަށް އެކުންފުނީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މިވަގުތަކީ އެންމެންވެސް ފަރުދީ ޒިންމާ އަދާ ކުރައްވައި ގިނަގިނައިން އަތްދޮވެ ސާފުތާހިރު ކަމަށް އިސްކަންދީ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އެ ކުންފުނީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އެކުންފުނީން މިގޮތަށް އިލްތިމާސް ކުރެއްވީ ރާއްޖޭގައި ވެސް ކޮވިޑް- 19 މަޑުމަޑުން އިތުރުވަމުންދާތީ އެބަލި ކޮންޓްރޯލްކޮށް ބަލިން ރައްކާތެރިވެ ތިބުމުގެ ގޮތުންނެވެ. މިހާތަނަށް ރާއްޖެއިންވަނީ 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.