މަރުކަޒުތައް މެދުވެރިކޮށް އާސަންދައަށް އެދި ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައިފި

އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ފަރުވާހޯދަން އެދޭ ފޯމާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފޯމު ފުރުވާ ޚިދުމަތްދޭ މަރުކަޒު މެދުވެރިކޮށް އާސަންދައަށް ފޮނުވުމުގެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައި ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ އެގޮތަށް ހަމަޖެއްސެވީ މިހާރު މުޅިދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއަށް، ރާއްޖެއިން ވެސް ބައެއް މީހުން ޕޮޒިޓިވްވުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްޖޭތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އާސަންދަ ޚިދުމަތަށް އެދި ލިޔުންތައް ފޮނުވާއިރު، ބަލިމީހާ ނުވަތަ އެހީތެރިޔާއާ ގުޅޭނެ ފޯން ނަމްބަރެއް ވެސް ފޮނުވުމަށް އާސަންދަ ކުންފުނިން ވަނީ އެދިފައެވެ. އާސަންދަ ކުންފުނީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ފޮނުވާ ލިޔެކިޔުންތައް ބަލައި ޗެކުކުރުމަށްފަހު އާސަންދަ ކަސްޓަރމަރ ސާވިސް ސެންޓަރުން ބަލިމިހާ ނުވަތަ އެހީތެރިޔާއަށް ގުޅައިގެން ކުރިއެކޭވެސް އެއްގޮތަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބަލިމީހާ ބޭރަށް ފޮނުވުމުގެ އިންތިޒާމް ކުރިއަށްދާނެ ކަމަށެވެ.

"އަދި ޕްރީ އޮތޮރައިޒޭޝަން ސިޓީއާއި، ޓިކެޓް" އީމޭލް މެދުވެރިކޮށް ފޮނުވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އީމޭލް އެޑުރެހެއްނެތް މީހުންނަށް އައިޖީއެމްއެޗުގައި ހުންނަ އާސަންދަ ކައުންޓަރުން ރަސްމީ ގަޑީގައި އެލިޔުންތައް ދޫކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.