މިހާތަނަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއްނުވޭ: މަބްރޫކް

ރާއްޖެއިން ކޮވިޑް-19 ފެނިފައި ވިޔަސް މިހާތަނަށް އެއްވެސް ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވް ވެފައި ނުވާކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މިހާތަނަށް ރާއްޖެއިން 100 އަށްވުރެ ގިނަ ސާމްޕަލް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 9 މީހުންނެވެ. އެންމެންނަކީ ވެސް ފަތުރުވެރިންނާއި ރިސޯޓުތަކުގެ މުވައްޒަފުންނެވެ. ދިވެއްސަކު މިހާތަނަށް ޕޮޒިޓިވެފައި ނެތަސް ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ދިވެހުންތަކެއް ވަނީ ޓެސްޓް ހަދައިފައެވެ. އެހެންނަމަވެސް އެންމެންވަނީ ނެގެޓިވް ވެފައެވެ.

ސަރުކާރުން ވިދާޅުވަމުން ގެންދަވަނީ މިބަލިން ދިވެހިންނާއި ރާއްޖޭގައި އުޅެ ބިދޭސީން ރައްކާތެރި ކުރުމަށްޓަކައި އެޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. އެކަން ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ވެސް ސަރުކާރުން ވަނީ އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.