ކޮވިޑް-19 އިން ސަލާމާތްވުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި އެސްޓީއޯގެ މުވައްޒަފުން ގޭގައި ތިގެން މަސައްކަތް ކުރުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ދެކޮޅަށް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިކުންފުނީގެ ވީހާވެސް ގިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް މިގެންދަނީ ހަމަޖައްސަމުންނެވެ. މި އިންތިޒާމްތަކުގެ އެއްދުވަހުގެ ޓެސްޓެއް މާދަމާ ކުރުމަށްޓަކައި މިކުނުފުނީގެ ރިސެޕްޝަނުން ދެވޭ ބައެއް ޚިދުމަތްތައް މާދަމާއިން ފެށިގެން ދެމުން ގެންދަނީ
އެކުންފުނީގެ ވިހާވެސް ގިނަ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ހަމަޖައްސަވަމުން ގެންދަވާ އިންތިޒާމުގެ ދަށުން އެއްދުވަހުގެ ޓެސްޓެއް މާދަމާ ކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން ރިސެޕްޝަނުން ދެވޭ ބައެއް ޚިދުމަތްތައް މާދަމާއިން ފެށިގެން ވަކިގޮތަކަށް ދިނުމަށް ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން ސިޓީއާއި، އެގްރީމެންޓްތަކާއި، އެހެނިހެން ލިޔުންތައް info@stomaldives.net އަށް ފޮނުވުމަށް އެކުންފުނިން ވަނީ އެދިވަޑައިގެންފައެވެ. އަދި އިންވޮއިސްފަދަ ލިޔުންތައް ފޮނުވަންވަނީ ap@stomaldives.net އަށް ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ. ޕޭމަންޓާއި އިންވޮއިސްތަކަށް ފައިސާ ޖަމާކުރައްވާނީ އެސްޓީއޯ ބީއެމްއެކް އެކައުންޓު ނަމްބަރ 7701100471014 އަށް ކަމަށްވެސް އެކުންފުނިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައިވެއެވެ. ޕޭމަންޓް ތަފްސީލް އީމެއިން ކުރައްވަންވާނީ ap@stomaldives.net އަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކްރެޑިޓް ސްކީމް އެޕްލިކޭޝަންތައް ފޯމުތައް ފޮނުވަންވާނީ ar@stomaldives.net އީމޭލަށް ކަމަށްވެސް އެސްޓީއޯގެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ. މުދަލާ ހަވާލުވުމުގެ ކުރިން ލިއުންތަކުގެ އޮރިޖިނަލް މުދާ ދޫކުރާ އައުޓުލެޓާ ޙަވާލުކުރެއްވުމަށްވެސް އެސްޓީއޯއިން އެދިވަޑައިގެންފައިވެއެވެ. އެކުންފުނީގެ ފައިނޭންޝަލް ޑިޕާޓުމެންޓްގެ އީމޭލްއެޑުރެހަކީ finance@stomaldives.net އެވެ.
މާދަމާގެ ޓެސްޓް ބޭއްވުމަށްޓަކައި އެސްޓީއޯއިން ވަނީ އެކުންފުނިންދެ ދެމުންގެންދާ ބައެއް ޚިދުމަތުގެ ވަގުތަށް ބަދަލު ގެނެސްފައެވެ. އެގޮތުން އެސްޓީއޯ ޕީޕަލް ޗޮއިސް ސްޓޭޕަލް ފުޑު މާދަމާ ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމްއިމްޕްރޫވްމަންޓް ހުޅުވިފައި ހުންނާނީ މާދަމާ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް ކަމަށް ވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.
ރާއްޖެއިން ކޮވިޑް-19 ފެނި އެބައްޔަށް 13 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 5 މީހަކު ވަނީ ޑޮކްޓަރީ ފަރުވާއިން ބަލިން ފަސޭހަވެފައެވެ. އަނެއް 8 މީހުންނަށް މިހާރުވެސް ގެންދަނީ ފަރުވާ ދެމުންނެވެ. އެސްޓީއޯއިން ވިދާޅުވީ މިހާލާތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އެންމެންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.