ކޮވިޑް 19 އަށް ޝައްކުކުރެވޭ މީހަކު ފެނިގެން ފެހެންދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ކޮވިޑް 19 ގެ އަލާމާތްތަކެއް ހުރި މީހަކު ބ. ފެހެންދޫންއިން ފެނިގެން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބުރޫކު ވިދާޅުވީ އެރަށުން އެ އަލާމާތް ފެނިފައިވަނީ އެރަށުގެ ގެސްޓު ހައުސްއަކަށް ދިޔަ މީހެއްގެ ގައިން ކަމަށެވެ.

" ބ. ފެހެންދޫ ގެސްޓު ހައުސްއަކަށް އައި ޓޫރިސްޓެއް ގައިން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށްވަނީ ރިޕޯޓުކޮށްފައި. ފެހެންދޫ ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައި. މެޑިކަލް ޓީމެއް އެރަށަށް އެބަދޭ.ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެޓީމުން ކުރަނީ،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ސިކްސް ސެންސާސް ލާމުގައި ވަނީ 4 ބިދޭސީއަކު އައިސޮލޭޓު ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.  އެމީހުން އައިސޮލޭޓު ކުރީ އެމީހުންގެ އަމިއްލަ ގައުމުގައި އޮތް ކައިވެނީގެ ހަފްލާއަކަށް އެމީހުން ދިޔައިރު  ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު އެ ހަފްލާއަށް ގޮސްފައިވާތީ އެމީހާއާ ކޮންޓެކްޓްވެފައިވާ ކަމަށް ބަލާފައި ކަމަށް މަބުރޫކް ވިދާޅުވިއެވެ. އެމީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމީހުންގެ ގައި ބަލީގެ އެއްވެސް އަލާމާތެއް އަދި ފެނިފައެއް ނުވެއެވެ. ދަނ ކުރިއަށް ބަލީގެ އަލާމާތެއް އަދި ފެނިފައެއް ނުވެއެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ރާއްޖައިން ޖުމްލަ 101 ސާމްޕަލެއް ނަގައިފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 9 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. 92 މީހުން ވަނީ ނެގެޓިވް ވެފައި ކަމަށް ވެސް ވިދާޅުވިއެވެ. ނަތީޖާ ނުލިބޭ 18 ސާމްޕަލް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.