ރައްޔިތުންގެ ސަލާމަތަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެ: މަބްރޫކް

ކޮވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް  އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ބެހޭ މައުލޫމަތު ދިނުމަށްޓަކައި ދަރުބާރުގޭގައި މިހާރު ކުރިއަށް ނިއުސް ބްރީފިންގައި އޭނާ ވިދާޅުވީ މިވަގުތު އެންމެ މުހިންމީ ސަރުކާރުންދޭ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލު ކުރުން ކަމަށެވެ. އެގޮތުން ބައްޔަށް ޝައްކު ކުރެވިގެން އެކަހެރި ކުރާ ފަރާތްތަކުން ކަމާބެހޭ ފަރާތްތަކުން އަންގާ ގޮތަށް އެތަނުގައި ތިބުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ މުހިންމު އެއްކަމަކީ ކޮންމެ ބޭފުޅަކުވެސް ކޮންމެ ވިޔަފާރިއެއްވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް އެމީހަކު އަމިއްލައަށް މިކަމުގައި ތެދުވެރިވުން. އައިސޮލޭޝަންގައި ތިބެން އަންގާމީހުން އައިސޮލޭޝަންގައި ތިބެދިނުން އަދި އެނޫންވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކުރިއަށް ދިޔުން،" މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމުގައި އެއްވެސް ބަޔަކު އިހުމާލު ވެއްޖެ ކަމަށްވާނަމަ އެބަޔަކާމެދު ސަރުކާރުން ފުރިހަމައަށް ފިޔަވަޅު އަޅަމުން ގެންދަވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ތަފާތު ބަލިތަކުގައި އުޅޭ މީހުން ސަރުކާރުންދޭ އިރުޝާދުތަކަށް ވީހާވެސް ބޮޑަށް ސަމާލުވެ އެއަށް އަމަލުކުރުން ވަރަށް މުހިންމު ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.