އެކްސްކާޝަންތައް ހުއްޓާލުމަށް ޕަބްލިކު ހެލްތުން އަންގައިފި

ރާއްޖޭގައި އެކްސްކާޝަން ދަތުރުތައް ދިހަ ހުއްޓާލުމަށް ޕަބްލިކު ހެލްތުން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަލިކް ހެލްތު މައިމޫނާ އަބޫބަކުރު މިގޮތަށް އެންގެވީ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ޢާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުންނެވެ. އިއްޔެއިން ފެށިގެން ރާއްޖޭގައި ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ އިޢުލާން ކޮށްފައެވެ.

އެކްސްކާޝަންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ތަނަކުން މީހުން އައުމާއި ދިއުން ދިހަ ދުވަހަށް ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ރަށްރަށާއި، ރިސޯޓުތަކާއި، ސަފާރީތަކާއި ގެސްޓު ހައުސްތައް ހިމެނެއެވެ.

މި އެންގުމަށް ކަމާބެހޭ އިދާރާ ތަކާއި، ރިސޯޓުތަކާއި، ގެސްޓުހައުސްތަކާއި، ސަފާރީތައް އޮޕަރޭޓު ކުރާފަރާތްތަކާއި އެކްސްކާޝަންތައް ރާވައި ހިންގާ އެންމެހާ ފަރާތްތަކުން އަމަލު ކުރުމަށް ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވާފައެވެ.

ރާއްޖެއިން ކޮވިޑް 19 ފެނުމާއެކު އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ގެންދަނީ އަޅަމުންނެވެ. މިހާތަނަށް އެބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 8 މީހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.