ކޮވިޑް 19 އިން ސަލާމަތްވުމަށް ކުރަންޖެހުނު ކޮންމެ ކަމަކަށް ތައްޔާރު: އެމްއެންޑީއެފް

ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ދެމީހަކު ރާއްޖެއިން ފެނުމުން އެބަލިން ސަލާމަތް ވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް އޮފްކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ވައިސް ޗީފްއޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަހީ ޢަބްދުއްލަތީފް ރޭ ވިދާޅުވީ ކޮވިޑްރާއްޖެއިން ފެނުމުން އެމްއެންޑީއެފަށް މައިގަނޑު ގޮތެއްގައި އޮތީ އެބަލީގެ މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގެ ޒިންމާ ކަމަށެވެ. އެޒިންމާ އެއްގޮތަށް އޮތަސް ކުރަންޖެހުނު ކޮންމެ ކަމެކަމަކަށް ސިފައިން ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސީއެމްބިޔުލާންސްގައި މީހުން ތަންތަނަށް އުފުލުމަށްޓަކައި ކެޕްޓަނުންނާއި ފަޅުވެރިން ތިބީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރަށް ކަމަށެވެ. ބަލި މީހުން އުފުލުގައި އަބަދުވެސް ބޭނުންކުރާނީ އެތަނަކާ އެންމެ ކައިރީއެއްގައި އޮންނަ ސީއެމްބިޔުލާންސް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތަކަށް އެއްވެސް ލަސް ކަމެއް ނުގެނެސް ވީހާ ވެސް އަވަހަށް އެކަންކުރެވޭނެ އިންތިޒާމް ވެސް ވަނީ ރޭވިފައި ކަމަށް އޭނަ ވިދާޅުވިއެވެ. އެމަސައްކަތުގައި އުޅޭއިރު ސީއެމްބިޔުލާންސަކަށް ކަމެއް ދިމާވެއްޖެ ނަމަ ދެން ފޮނުވާނީ އެސަރަހައްދަކާ އެންމެ ގާތުގައި އޮންނަ ސީއެމްބިޔުލާން ސްކަމަށް އޭނާ ވިދާޅުވިއެވެ. "އަލޫގަނޑުމެން އަބަދުވެސް އޮޕަރޭޓު ކުރާނީ އެންމެކައިރީގައި އޮންނަ ސީއެމްބިޔުލާންސް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އެމްއެންޑީއެފުން ޓްރާންސްޕޯޓު ކަންކަން ކުރިއަށް ގެންދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައިގެން ކަމަށެވެ. އެމްބިޔުލާންސްގެ ފަޅުވެރިންނާއި ޑުރައިވަރުން މިހާރު ވެސް ގެންދަނީ ހެޒްމެޓް ގިއަރ ބޭނުން ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ހެޒްމެޓް ގިއަރ ވެސް މިވަގުތަށް ބޭނުންވާ ވަރަށް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ބޭނުންވެއްޖެ ކަމަށް ވަނީ އިންޑިއާއިން ވެސް އޮތީ އެ ފޯރުކޮށްދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވެސް މިވާޅުވީ މީގެ ދެމަހެއްހާ ދުވަސްކުރިން ފުލުހުންވަނީ ޕަބްލިކްހެލްތާ ގުޅިގެން މަސައްކަތް ފަށައިފައި ކަމަށެވެ. އެގޮތުން ކޮރޯނާއަށް ޝައްކު ކުރެވޭ މީހަކު ޗެކުރަމުންދާ ސަރަހައްދު ސެކިޔުރިޓީ ބެލެހެއްޓުން ވެސް ކުރިން ފެށިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމާ ގުޅިގެން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ވެސް ތައްޔާރަށް ތިބި ކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.