ދިއްދޫގައިހުރި 110 ފުލެޓެއް އޭގެ ޙައްގުވެރިންނާ ޙަވާލު ކުރުމުގެ މަސައްކަތް ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި 110 ފްލެޓު އޭގެ ޙައްގުވެރިންނާ ޙާވާލު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ ފުލެޓު ޙަވާލު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ ތަން ޙަވާލުކުރުމުގެ ކުރިން ތަން ދެއްކުމާއި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތެވެ. ތަން ޙަވާލު ކުރާނީ އެންމެފަހުންނެވެ.

ދިއްދޫ އިން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މާރިޗު މަހު 4 ވަނަ ދުވަހުން ފެށިގެން  8 ވަނަ ދުވަހަށް ކަމަށް ވެސް ހައުސިލް މިނިސްޓްރީން ވިދާޅުވިއެވެ.  ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 9 އިން ފެށިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅުގެ އިދާރާގައެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ދިއްދޫގައި ޢިމާރާތްކުރި  250 ފްލެޓުގެ ތެރެއިން  މިހާތަނަށް 140 ފްލެޓް ވަނީ  މީހުންނާ ޙަވާލުކޮށް ނިމިފައެވެ. ބާކީ ހުރި 110 ފްލެޓު ލިބެނީ ހައްގުވެރި ފަރާތަށްކަން ކަށަވަރުކުރުމުގެ ގޮތުން ފްލެޓަށް އެދި ހުށައެޅި ފޯމްތައް ވަނީ އޭސީސީ އާއި އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާއާއި އެކު އަލުން އިވެލުއޭޓްކޮށް ލިސްޓް ތަރުތީބުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.