
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ސަރުކާރުން އިމާރާތް ކުރައްވައިފައިވާ ހައުސިލް ޔުނިޓުތަކުގެ ތެރެއިން މީހަތަނަށް ދޫނުކޮށްހުރި ޔުނުޓިތްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފއެވެ.
އެރަށުގައި ބިނާކޮށްފައިވާ ހައުސިންޔުނިޓުތަކުގެ ތެރެއިން ދޫނުކޮށް 100 ޔުނިޓު އެބަހުއްޓެވެ. ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޔުނިޓުތަކަކީ ވެސް ކުރިން ދޫކޮށްފައިވާ ޔުނިޓުތަކާ އެއް އުސޫލޫން ދޫކުރާ ތަންތަނެވެ.
އެތަންތަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. ހައުސިން ޔުނިޓުތަކަށް އެދި ހުށަހަޅާ ފޯމު އާދީއްތަ ދުވަހުން ފެށިގެން ދިއްދޫ ކައުންސިލްގެ އިދާރާއިންނާއި ހައުސިން މިނިސްޓްރީން ލިބިވަޑައިގަންނަވާނެއެވެ.
ދޫނުކޮށްހުރި ހައުސިން ޔުނިޓުތަކުގެ ޑައުން ޕޭމަންޓާއި، މަހުކުލި ވެސް ދެއްކުމަށް ހަމަޖެހިފައިވަނީ ކުރިން ދޫކޮށްފައިވާ ޔުނިޓްތައް ދިން އުސޫލުން ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.