ސްކޫލްތަކުގައި ތިމާވެށީގެ ހަރަކާތްތައް ހަރުދަނާ ކުރުމަށް ގައިޑްލައިނެއް މިއަދު ލޯންޗުކޮށްފިއެވެ. މިއަދު އިމާދުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ އެސަމްބްލީއެއްގައި މި ގައިޑްލައިން ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.
މިއަދުގެ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔާތްކޮށް ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސްކޫލްތަކުގެ ދަރިންވަރުންވެސް ވިސްނައި މިކަމަށް ގެނެވިދާނެ ހައްލުތައް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވީ މި ގައިޑް ލައިންގެ ސަބަބުން ސްކޫލް ތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ސްކޫލް ފެންވަރުގައި ތިމާވެށި ހިމާޔާތް ކުރުމަށް މަސައްކަތް ކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ.
މި އެސަމްބްލީގައި މާލޭގެ އެކި ސްކޫލްތަކުގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ކޮންމެ ސްކޫލަކަށްވެސް މި ގައިޑްލައިން ވަނީ ޙަވާލުކޮށްފައެވެ.