ޖިނާއީ އަމަލެއް ހިމެނޭ ކަމަށް ބެލެވޭ އޯޑިއޯއެއްގެ މަސައްލަ ބަލަންފަށައިފި

މިނިސްޓަރ ޢަލީ ވަޙީދު: ފޮޓޯ މޯލްޑިވްސް ޓައިމް

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއަޑު ވާހަކަ ދައްކާ އޯޑިއޯތަކެއް މިހާރުވަނީ ލީކުވެފައެވެ. އެހެންނަމަވެސް އެއިން އެއްވެސް އޯޑިއޯއެއްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމައްސަލަ ހުށަހެޅިފައި ނެތަސް އޭގެ ތެރޭގައި ހިމެނޭ އޯޑިއޯއެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅވިއެވެ. އެއީ ކޮން އޯޑިއޯއެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

"ލީކުވެގެން އުޅޭ އޯޑިއޯތަކާ ގުޅޭގޮތުން ފުލުހުންނަށް މައްސަލައެއް ހުށަހެޅިފައެއް ނުވޭ. ނަމަވެސް އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭފަދަ އޯޑިއޯއެއް ފާހަގަކުރެވިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ އޯޑިއޯއާ ގުޅޭ ކަންކަން އިތުރަށް ސާފު ކުރަމުންދަނީ،" ފުލުހުން ވިދާޅުވިއެވެ.

ލީކުވެފައިވަނީ އެއްވެސް އަސްލެއްނެތް އޯޑިއޯތަކެއް ކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެ އޯޑިއީގައި ވަނީ ޓްރާންސްޕޯޓު މިނިސްޓަރަށާއި ހެލްތު މިނިސްޓަރަށް ނިސްބަތް ކޮށް ދެރަވަރު ބަހުރުވައަކުން ވާހަކަ ދައްކަވައިފައެވެ. މިނިސްޓަރ ވިދާޅުވީ އެ އޯޑިއޯތަކުގެ މައްސަލަ ތަހުގީގު ކުރެއްވުމަށެވެ. ތަހުގު ކުރެއްވުމުން ހަގީގަތް ފާޅުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.