މުވައްޒަފުންނަށް ބިރުދައްކާނަމަ ޤާނޫނީ ފިޔަވަޅު އަޅަނަން: އީސީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފުންނަށް ބިރުދައްކަމުން ގެންދާ މީހުންނާމެދު ޤާނޫނީ ގޮތުން އެޅެން އޮތް ފިޔަވަޅެއް އަޅުއްވާނެ ކަމުގެ އިންޒާރު އެކޮމިޝަނުން ދެއްވައިފިއެވެ.

އީސީން މިއިންޒާރު ދެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ގޮސް އީސީގެ މުވައްޒަފުންނަށް ބިރުދައްކާ ކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓުވީޓެއްގައެވެ.

އީސީން ވިދާޅުވެފައިވަނީ އިއްޔެއާއި މިއަދު އެޕްލިކޭޝަން ފޯމު ހުށަހަޅަން އެތަނަށް ދިޔަ ބައެއް އާއްމުންވަނީ އެތނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކައިފައި ކަމަށެވެ. "އިއްޔެއާއި މިއަދު އެޕްލިކޭޝަން ހުށަހަޅަން އައި އާއްމު ފަރާތްތަކުން ވަނީ އީސީގެ މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކައިފައި.އ އިންތިޚާބުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރު ދިނުމަކީ އީސީން ނުހަނު ކަންބޮޑުވާކަމެއް،" އީސީން ވިދާޅުވެފައިވެއެވެ. އެކަންކުރާ ފަރާތްތަކާމެދު ޤާނޫނޫ ގޮތުން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުވާނެ ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމިަތި ލުމަށް ހުޅުވާލާފައިވަނީ މިމަހު ހަތަރުވަނަ ދުވަހުއެވެ. މުއްދަތު ހަމަވާނީ މިމަހު 20 ވަނަ ދުވަހުއެވެ. އިންތިޚާބު އޮންނާނީ އެޕްރީލް 4 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.