
ހުޅުމާލެއިން މާލެ އަންނަ ހައިވޭގެ ޓްރެފިކް ލައިޓު ކައިރިން ޓެކްސީ އަކާއި ސައިކަލެއް އެކްސިޑެންޓު ވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 9:10 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަންއިން 35 އަހަރުގެ މީހާއަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ ދިވެއްސެއް ކަމަށާއި އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދޅުވިއެވެ. އެކްސިޑެންޓުގައި ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓުވި ޓެކްސީގައި އިނީ 33 އަހަރުގެ ދިވެއްސެކެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވެއެވެ. ފުލުހުން ވިދާޅުވީ ދެމީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށެވެ.
މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.