
ސިނަމާލެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކުސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.
މިއެކުސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަރާ ސަރަހައްދު ލައިޓުކައިރީގައެވެ. އެކްސިޑެންޓުވެފައިވަނީ ކާރަކާއި ސައިކަލެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:15 އެހައިކަންހާއިރު ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކުސިޑެންޓު ހިނގީ ކާރުގެ ފަހަތުން ސައިކަލު އައިސް ކާރުގައި ޖެހިގެންނެވެ. ފުލުހުން ގެންދަވަނީ މިމައްސަލަ ބަލަމުންނެވެ.