މަޖިލިސް މެމްބަރުން ޕާޓީ ބަދަލު ކުރުމާމެދު އެމްޑީޕީ މިހާރު ދެކޮޅު

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި އެޕާޓގެ ޗެއާޕާސަން ޙަސަން ލަތީފް ވޯޓު ލައްވަނީ: ފޮޓޯ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމާމެދު އެމްޑީޕީ ދެކޮޅުކަން އެޕާޓީން މިއަދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ އަދި އެޕާޓީގެ ޗެއާޕާސަން ޙަސަން ލަޠީފު ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ  މެމްބަރުން ޕާޓީ ބަދަލުކުރާނަމަ އެމެމްބަރުން އިންތިޚާބު ކުރާ ރައްޔިތުންގެ ބަހެއް ހޯދަންޖެހޭހެނެވެ. ރައްޔިތުންގެ ގާތުގައި އަހާލުމެއް ނެތި މެމްބަރުން ޕާޓީ ބަދަލުކުރެއްވުމަކީ އެއްގޮތަކަށް ވެސް ޤަބޫލުކުރެއްވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީސް މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮޑި ގެއްލޭ ގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީއާއެކު  ރައްޔިތުންގެ މަޖިލީހުން ވަނީ ބިލެއް ފާސްކޮށް ޤާނޫނަކަށް ހަދައިފައެވެ. ނަތީޖާއެއްގެ ގޮތުން އިންތީޚާބީ 12 މެމްބަރެއްގެ ގޮޑިގެއްލުމުގެ މައްސަލަތައް ކުރިމަތިވިއެވެ. މިޤާނޫނާމެދު އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީ އިން ދިޔައީ ކަނޑައެޅިގެން ދެކޮޅުހަދާ ޕާޓީ ބަދަލުކުރުމުން ގޮޑިގެއްލުނު މެމްބަރުންގެ ދިފާޢުގައި އިންތިހާއަށް ވަކާލާތު ކުރައްވަމުންނެވެ. އެހެން ކަމުން އެމްޑީޕީގެ ރައީސްއަކު އިންތިޚާބުވުމާއި 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމާއެކު އެމެމްބަރުނާއި އެމްޑީޕީ އާއި ޖުމްހުރީ ޕާޓީ ގެ މެމްބަރުންނާއި ބައެއް އަމިއްލަ މެމްބަރުން ގުޅިގެން ގުޅިގެން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެ ޤާނުނުވަނީ މަޖިލީހުން އުވާލުމަށް ފާސްކޮށްފައެވެ.

 ރައްޔިތުންގެ މަޖިލީހުހެ މައިނޯރިޓީ ލީޑަރަކަށް އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ  މެމްބަރ އަޙުމަދު ސަލީމް ހަމަޖެހިގެން ދިޔަކަން އިޢުލާން ކުރެއްވުމަށްފަހު ޕާޓީތަކުގެ ޚިޔާލުފާޅު ކުރެއްވުމަށް ދެއްވި ފުރުޞަތުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމަބަރ އާދަމް ޝަރީފް ވާހަކަ ދައްކަވުން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެމެމްބަރުން ޕާޓީ ބަދަލު ނުކުރެވޭނެ ގޮތަށް ޤާނޫނެއް ވުޖޫދު ކުރެވުނެވެ. އެބަދަލު ޕީއެމްއެމް އިން ގެނެސްފައިވަނީ ރައްޔިތުންވެސް އެކަމަށް ބޭނުންވެފައި ވާތީކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް އޭރު އެކަން އެމްޑީޕީ މެމްބަރުންނަށް ގޯސްވެ 19 ވަނަ މަޖީލީސް އަމުގެ ކުރިން އޭޤާނޫނު އުވާލެއްވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މައިނޯރިޓީ ލީޑަރުކަމަށް ސަލީމް ހަމަޖައްސަވުމަށް ފަހު، މައިނޯރިޓީ ލީޑަރު ހުށަހަޅަން ޖެހޭނެ ކަމަށް މަޖިލީހުގެ ޤަވައިދުގައި ބުނާ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ވީހާ ވެސް އަވަހަށް ދެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މިއަދު އެދިވަޑައިގެންނެވިއެވެ. މަޖިލީހުގެ ޤަވައިދުގައިވާ ގޮތުން މައިނޯރިޓީ ލީޑަރަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ހިމެނޭ ޕާޓީގެ ޕީޖީ ލީޑަރެވެ. އެހެންކަމުން މަޖިލީހުގެ މައިނޯރިޓީ، އަދި އޮޕޮޒިޝަން ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރ ސަލީމެވެ. ޕީޕީއެމް މަޖިލީހުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި ހަމަޖެހިގެން ދިޔައީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ފަރެސް މާތޮޑާ ދާއިރާ މެމްބަރު އެޕާޓީއާ އަލުން ގުޅިވަޑައިގެންނެވުމާއި އެކު ޕީޕީއެމްގެ މެމްބަރުންގެ ޢަދަދު ހަޔަކަށް އެރުމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.