މާދަމާ މަޖިލިސް ހުޅުވާ ޖަލްސާގައި އޮތީ ރިޔާސީ ބަޔާން އިއްވުން އެކަނި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާދާމާ ބާއްވަން ހަމަޖައްސަވައިފައިވާ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާގައި އޮންނާނީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިހާރުވަނީ މާދަމާގެ ޖަލްސާގެ އެޖެންޑާ ވެސް އިޢުލާންކުރައްވައިފައެވެ.

މާދަމާއަކީ މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވާ ދުވަސްކަމަށް ވުމުން މާދަމާ ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ކޮންމެ އަހަރެއްގެވެސް މަޖިލީސް ހުޅުވާ ދުވަހަކީ ސަރުކާރުބަންދުވަހެއްކަމުގައި އަންނަނީ ކަނޑައަޅުއްވަމުންނެވެ.

ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީސް ހުޅުވަން ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސި ބަޔާން އިއްވަންޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ވަނީ ބުނެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެއަހަރަށް ސަރުކާރުން ކަނޑައަޅާ މުހިންމު ސިޔާސަތުތައް ހާމަކުރައްވަން ޖެހޭނެކަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މާދަމާގެ ޖަލްސާ އޮންނާނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. ޖަލްސާ ފެށޭނީ ހެނދުނު ނުވައެއް ޖަހާއިރު އެވެ.

2012 ވަނައަހަރު އެމްޑީޕީ ސަރުކާރު ވެއްޓުމަށްފަހު މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާއާ ހަމައަށް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ވެގެންދަނީ ވަރަށް ހަލަބޮލި، އަދި ރިޔާސީބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުރަސްތައް ކުރިމަތިކުރާ ޖަލްސާއަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.