ޕާނާއި ޗިޕްސް ފަދަ ކާތަކެތި މާ ބޮޑަށް ޓޯސްޓު ކޮށްގެން ކެއުމުން ކެންސަރު ޖެހުން ގާތް

ޕާން، ޗިޕްސް އަދި އަލުވި ފަދަ ސްޓަރޗް ހިމެނޭ ކާތަކެތި، ތައްޔާރުކޮށް ނުވަތަ ޓޯސްޓް ކުރުމުގެތެރޭގައި އަނދާގޮތްވެފައި ހުއްޓާ ބޭނުންކުރާނަމަ ކެންސަރު ޖެހުން ގާތްކަމަށްވިދާޅުވެ، އިގިރޭސިވިލާތުގެ ކާބޯތަކެއްޗާ ބެހޭ މާހިރުން އިންޒާރު ނެރުއްވައިފިއެވެ. މާހިރުން ވިދާޅުވާގޮތުގައި ޗިޕްސް ތެއްލުމުގައި ނުވަތަ ޕާން ޓޯސްޓް ކުރާއިރު ގޯލްޑަން ކުލަ އެރުމަށްފަހު އަވަހަށް ނަގަން ޖެހެންއެވެ . ނޫންނަމަ އެކާތަކެތީގައި ކެންސަރަށް މަގުފަހިކޮށްދޭ  ކެމިކަލް އެއްކަމަށްވާ އެކްރީލަމައިޑް އުފެދެއެވެ.

އިގިރޭސިވިލާތުގެ ފުޑް ސްޓޭންޑަރޑް އޭޖެންސީ ބުނާ ގޮތުގައި އަނދާފައި ހުންނަ ޓޯސްޓާ ޗިޕްސް އެއްގޮތަކަށްވެސް ބޭނުންކޮށްގެންނުވާނެއެވެ. އެފަރާތުން އިތުރަށް ބުނެފައިވާ ގޮތުގައި އަލުވި އަދި އެހެންވެސް މިފަދަ ބިމުއަޑިޔަށް ފައިބާ ތަކުކާރީ އައިސްއަލަމާރީގައި ބަހައްޓައިގެންވެސް ނުވާނެއެވެ. މިފަދަ ތަކެއްޗަކީ ފިނި ތަންތާ ބެހެއްޓުމުން ، އޭގައި ހިމެނޭ ހަކުރުގެ ނިސްބަތް މައްޗަށްދާ ތަކެތި ކަމަށާ ، ،މިހެންވުމުން ކެންސަރުޖައްސާ މާއްދާ އެކްރީލަމައިޑް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށްވެސް  އިގިރޭސިވިލާތުގެ ފުޑް ސްޓޭންޑަރޑް އޭޖެންސީން ބުނެފައިވެއެވެ.

އެކްރީލަމައިޑް އަކީ ވަރަށް ގިނަ ކާތަކެތީގައި އެކި މިންވަރަށް ހިމެނޭ މާއްދާއެއްކަމަށާ އަދި ކެއްކުމުގެ ތެރޭގައިވެސް މިމާއްދާ އުފެދޭ ކަމަށް އެފަރާތުން ބުނެއެވެ. އެކްރީލަމައިޑް އެންމެ މަތީ މިންވަރަކަށް ހުންނަނީ ގަދަ ގިނީގައި ތައްޔާރުކުރާ، ސްޓާރޗް އެކުލެވޭ ކާބޯތަކެތީގައެވެ. މިގޮތުން މުރަނަކޮން ތައްޔާރުކުރާ ޗިޕްސް ، ޕާން ޓޯސްޓް ، ސީރިއަލް ، ބިސްކޯދު ، ކޭކު އަދ ކޮފީ ވެސް ހިމެނޭކަމަށް އެފަރާތުން ބުނެއެވެ. ކޮފި މިލިސްޓުގައި ހިމެނެނީ ކޮފީ ބީންސް އަކީ ގަދަ ގިނީގައި ހަނާކުރާއެއްޗަކަށްވާތީއެވެ. / ބިބީސީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.