
އޮސްޓްރޭލިޔާގެ ވިކްޓޯރިޔާސްޓޭޓްގައި، ދުއްވާފައިދިޔަކާރަކުން، ހިގާފައިދިޔަ ބަޔެއްގެ ގައިގައި ޖެއްސުމުގެ ސަބަބުން ފަސްމީހުން މަރުވި ހާދިސާއެއް ހިނގާފައިވަނިކޮން، އެ ސްޓޭޓްގެ ކަފާލާތާބެހޭ ގާނޫނަށް އިސްލާހު ގެނެސްފިއެވެ. މިއީ ގަސްތުގައި މީހަކު ހިންގި އަމަލެއްކަމަށާ ،ޓެރަރިޒަމްއާ ގުޅުވޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ކާރު ދުއްވަން އިން، އުމުރުން ސައްބީސްއަހަރުގެ މީހާވަނީ ފުލުހުންގެ ރުހުމާދެކޮޅަށް، ބެއިލްއާބެހޭ ކޯޓަކުން ދޫކޮށްލާފައެވެ. ވިކްޓޯރިއާ ގެ ޕްރެމިއަރ ވިދާޅުވީ ބެއިލްއާބެހޭ ރިކުއެސްޓްތައް ބެލުމަށް އައު ކޯޓެއް ގާއިމް ކުރެވޭނެ ކަމުގައެވެ.
ބެއިލް ނުވަތަ ކަފާލާތު ނިޒާމަށް އަލަށް ގެނެވުނު އިސްލާހުގެ ދަށުން ، ބޮޑެތި ޖަރީމާތައް ހިންގާފައިވާމީހުންގެ ބެއިލް މަސްއަލަ ތައް ، ނުރަސްމީގައިޑީގައިވެސް ބެލުމުގެ ފުރުސަތު މެޖިސްޓްރޭޓުންނަށް ހުޅުވާލެވޭނެއެވެ. އަދި ސުޕްރީމްކޯޓުގެ ކުރީގެ ޖަޖެއްކަމަށްވާ ޕޯލް ކޮގްލަން އިސްވެ ހުންނަވައިގެން ، ބެއިލްގެ މުޅި ނިޒާމް އަލުން މުރާޖައާ ކުރެވޭނެ ކަމަށްވެސް ވިކްޓޯރިޔާގެ އޮފިޝަލުން ވިދާޅުވިއެވެ.