ހިމާޔަތްކޮށްފައިވާ ދޫނި ހިފި ބަޔަކު ޖޫރިމަނާ ކޮށްފި

ހިމާޔަތްކޮށްފައިވާ ދޮން ދީނި: މި ދޫނި އުޅެނީ އައްޑު އަތޮޅުގައި

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފުމުގެ ކުށުގައި މުލަކަތޮޅު މުލަކު ހަތަރު މީހަކު ޖޫރިމަނާ ކޮށްފިއެވެ. އެންވަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީން ހާމަ ކުރައްވާ ގޮތުގައި މި މަހުގެ 19 ވަނަ ދުވަހު މި ހަތަރު މީހުން ކުރި ޖުރުމާނާގެ އަދަދަކީ ޖުމްލަ 96000 ދިވެހި ރުފިޔާއެވެ. މިއީ 8 ދޫނި ހިފީމާ ކުރި ޖުރުމާނާއެކެވެ.

މީގެ އިތުރަށް  ހަމަ އެ އަތޮޅު މުލީ ދެ މީހަކުވެސް ވަނީ ޖުރުމާނާ ކޮށްފައެވެ. އެއީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން ޖުމްލަ 60500 ރުފިޔާއިން ޖުރުމާނާ ކުރީ ފަސް ދޫނި ހިފީމައެވެ.

ދޫނި ހިފި މީހުން ހޯދުމާއި، ދޫނި ހިފާތޯ ބެލުމުގެ މަސައްކަތަކީ ފުލުހުންނާ ގުިޅިގެން ކުރާ މަސައްކަތެއް ކަމަށް އީޕީއޭއިން ހާމަ ކުރައްވައެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.