ޗައިނާގެ ފަސްހާސް މީހުންނަށް ކޮރޯނާ ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފި

މެއިންލަޑް ޗައިނާއިން މިއަދާ ހަމައަށް 1239 މީހުންނަށް ކޯރޯނާ ވަރައިސް ޖެހިފައިވާ ކަމަށް ކަމާބެހޭ ފަރާތަކުން ހާމަކޮށްފިއެވެ.

އެބަލިޖެހިފައިވާ މީހުންގެ އަދަދު އެވަރަށް އެރިއިރު  5,974 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 132 މީހުން ވަނީ މަރުވެފައެވެ. ހޮންގް ކޮންގް އާއި މަކާއޯ އިން 8 ކޭސް އަދި ޓައިވާން އިން7  ކޭސް ޖަޕާން އަދި ސިންގަޕޫރުން 7 ކޭސް ވަނީ ފެނިފައެވެ.

މިބަލި މިހާރުވަނީ އަވަށްޓެރި ލަންކާއާ ހަމައަށް އައިސްފައެވެ. އެހެންކަމުން މިކަމުގެ ނުރައްކާތެރިކަންރާއްޖެއަށް ވަރަށްބޮޑަށް އެބައޮތެވެ. ރާއްޖެއިން ވަނީ އެބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި ބައްޔާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދެއްވުމަށް ވަނީ ހޮޓްލައިނެއް ވެސް ގާއިމް ކޮށްފައެވެ.

މިބަލި ދުނިޔޭގެ 12 އަށްވުރެ ގިނަ ގައުމުން މިހާރުވަނީ ފެނިފައެވެ. ޗައިނާއިން ގެންދަނީ މިއަށް ވެކްސިނެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.