ދިރާގު ޓީވީއަށް ރުތުބާގެ މޭކަޕް ޝޯ އެއް!

ދިރާގު ޓީވީއިން ދިވެހި މައްޝޫރު މޭކްޕް އާޓިސްޓް ރުތްބާ އާއި ގުޅިގެން މޭކަޕް ޝޯ އެއްގެ ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ.

ރުތްބާ އަކީ ރާއްޖޭގެ ފުންނާބު އުސް އެއް މޭކަޕްއާޓިސްޓެވެ. ރުތްބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނެގިންދިއައީ 2019 ވަނަ އަހަރު "ވައިޓް ފަޔަރ" ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ބޭއްވި ފޮޓޯގްރަފީ އެކްސިބިޝަނުގައި އެވެ. މީގެ އިތުރުން ރުތުބާވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން މޭކަޕް ކޭމްޕެއްވެސް ބާއްވާފައެވެ. "މޭކަޕް ބައި ރުތްބާ" ވެގެން ވާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯވއަށެވެ. މި ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެއެވެ.

ރުތްބާ ބުނި ގޮތުގައި، "ދިރާގުން މިވަރުގެ ފުރުސަތެއް އަޅުގަނޑަން ދިންކަމީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ދިރާގުޓީވީއިން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް އަޅުގަނޑުމެން ދިވެހި އާރޓިސްޓުން އަބަދުވެސް ބަލައި ގަންނަން. މީ އަޅުގަނޑަށް ލިބިފައިހުރި ހުނަރާއި ތަޖުރިބާ އާންމުންނާއި ދަސްކޮއްދިނުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް."

ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފަންނާނުންގެ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފަންނުވެރިންނަށް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް ގެންގޮސްދިނުމެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 74% ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

ޚަބަރާއި ފޮޓޯ: ދިރާގު 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.