ހިމަ ބިއްސަކީ ގައިގެ ހަމުގައި ނަގަ ކުޑަކުޑަ ބިިހިތަކެކެވެ. ރިއްސުމައި ހިރުވުމުގެ އިތުރުން އެއީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. އެ ވައިރަހުގެ ސަބަބުން މީހާ ވަރަށް ބޮޑަށް ބަލިވެ ކުޑަ ކުދީންނާއި ބޮޑެތި މީހުން މަރުވެސްވެއެވެ.
ހިމަބިއްސަކީ ކޯޗެއް؟
ހިމަބިއްސަކީ ގައިންގަޔަށް ފަސޭހައިން އަރާ، ވައިރަސް އަކުން ފެތުރޭ ބައްޔެކެވެ. ބަލީގެ ފުރަތަމަ ކޮޅު ފްލޫގެ އަލާމާތްތައް ފެންނަހެން ހީވާނެއެވެ. ގަދަޔަަށް ހުން އައުމާއި، ވަރުބަލިވުމާއި، ކެއްސުމާއި، އަރިދަފުސް އެޅުމާއި ލޯ ރަތްވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. މި އަލާމާތްތައް އިތުރަށް ގޯސްވެ އަނގައިގެ ތެރޭގައި ހުދުކުލައިގެ ތިކިތަކެއް އުފެދޭނެއެވެ. އެއަށްފަހު ނިތްކުރިއާއި ދިމާއިން ބޮލުގެ އިސްތަށިފަޅާފައި ހުންނަ ހިސާބުގައި ރަތްކުލައިގެ ރޭޝް ކަހަލަ ކުދިކުދި ބިހިތަކެއް ނަގަން ފަށައެެވެ. މި ބިހިތައް ވަރަށް ހަލުވިކޮށް މުޅީ ހަށިގަނޑަށް ފެތުރެއެވެ. ހަށިގަނޑަށް ބިހިތައް ފެތުރޭ ދުވަސްވަރަކީ މީހުން އެންމެ ބޮޑަށް ބަލިވާ ދުވަސްވަރެވެ.
ހިމަބިހި ގައިން ގަޔަށް އަރާނީ ރޭޝް ނެގުމުގެ ހަތަރު ދުވަސްކުރިންނާއި އެއަށްފަހު ހަތަރު ދުވަސް ފަހުންނެވެ. ހަވަރަކަށް ދުވަހުގެ ތެރޭގައި ބިހިތައް ފިލައިދެއެވެ.
ހިމަބިއްސާއި ދެކޮޅަށް ވެކްސިން ދިނުމުގެ ބޭނަކީ ކޮބާ؟
މިސްލްސް ވެކްސިން ނުވަރަ ހިމަބިއްސާއި ދެކޮޅަށް ޭ ވެކްސިން ޖެހުމުން ބަލިން ރައްކާތެރިވެއެވެ. ސިއްހީ ވަކި ޚާއްސަ މައްަލސަތައް ހުންނަ މީހުންނަށް ހިމަބިހި ވެކްސިން ނުދެވުނު ކަމުގައި ވީ ނަމަވެސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީފައިވާނަމަ، ސިއްހީ އެފަދަ މައްސަލަތައް ހުންނަ މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު ކުޑައެވެ.
ވެކްސިންގެ ދައުރަކީ ކޮބާ؟
ހިމަބިހި ވެކްސިންއަކީ އޭގައި މިސްލްސް ވައިރަހުގެ ބަލިކަށި ވަރޝަން އެއް އެކުލެވޭ ވެކްސިން އެކެވެ. ވެކްސިން ދިނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން އެންޓިބޮޑީސް އާއި މެމަރީ ސެލްތައް އުފައްދައެވެ. މި ތަކެތި މީސްލްސް އިންފެކްޝަން އިން ހަށިގަނޑު ދިގުމުއްދަތަކަށް ރައްކާތެރިކޮށްދެއެވެ. އެއްވެސް ވަރަކަށް އަސްލު ވައިރަސް ހަށިަގނޑަސް ވަދެއްޖެނަމަ އެ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ދިފާއީ ނިޒާމުގައި ހުންނާނެއެވެ. އޭގެ ސަބަބުން ހަށިގަނޑަށް ހިމަބިހި ޖެހުން ހުއްޓުވާނެއެވެ. ނުވަތަ ބޮޑުވަރު ވިޔަނުދީ ހިފެހެއްޓުމުގެ ބާރު ހަށިގަނޑުގައި ހުންނާނެއެވެ.
ހިމިިބިހިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ދިނުމެވެ. މި ވެކްސިން އިން ބޮޑެތި ހުރިހާ ބައްޔަކުން ވެސް ރައްކާތެރި ކޮށްދެއެވެ. ހިމިބިހި ވެކްސިން އަކީ ރައްކާތެރި އެއްޗެކެެވެ. ވެކްސިން ޖެހުމުން އިންޖެކްޝަން ޖެހިތަން ކޮންމެވެސް ވަރަކަށް ރަތްވެ ދުޅަވުން އެކަށީގެންވެއެވެ. ބައެއްފަހަރު ހުންވެސް އަތުވެދާނެއެވެ. ބައެއް މީހުން (ކޮންމެ ވހި މީހެއްގެ ތެރެއިން އެކަކު)ގެ ގައިގަިއ ރޭޝް ވެސް ނަގާފާނެއެވެ. އެއީ ގައިންގަޔަށް އަރާ އެއްޗެއް ނޫނެވެ. ސީރިއަސް ހާލަތެއް މެދުވެރިވުމަކީ ނާދިރު ކަމެކެވެ.
ބައެއް ކަހަލަ ސިއްކީ މައްސަލަ ހުންނަ މީހުންނަށް ހިމަބހި ވެކްސިން ނުދެވޭނެއެވެ. އެމީހުންގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތުގެ ސަބަބުން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެތީއެވެ. ބައެއް މީހުން ވެކްސިންގައި ހުންނަ ބާވަތްތަކަށް އެލާޖިކު ވެސް ވެދާނެއެވެ. ދަރިން ވެކްސިންއަށް އެލާޖިކު ވެދާނެކަމުގެ ބިރު ހީވަންޏާ ޖެނެރަލް ފިޒީޝަންއެއްގެ ލަފަޔާއެކު ވެކްސިންގެ ކަންތައް ކުރިއަށް ގެންދެވިދާނެއެވެ.
ސިއްހީ މައްސަލައަކާ ހެދި ވެކްސިން ނުނުގޭ މީހުން ހިމަބިހި ފެތުރުނަ ނުދިނުމަށްޓަކައި ބަރޯސާ ވަނީ އެތަނެއްގަި ދިރިއުޅޭ އެހެން މީހުންގެ ވެކްސިން ޖެހުމަށެވެ.
ތިބާއަށް ނުވަތަ ދަަރީންނަށް ވެކްސިން ނުދީ ތިބި ނަމަ ކަންތައް ކުރާނީ ކިހިނެއް؟
ތިބާއަށް ނުވަތަ ތިބާގެ ދަރީންނަށް ވެކްސިން ނުދީ ތިބިނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދައި ޑޮކްޓަރުގެ އިރުޝާދާއެކު ވެކްސިން ޖަހާށެވެ. އެއްފަހަރު ހިމިބަހި ޖެހފިައި ހުރި ނަމަ ވެކްސިން ނަގާކަށް ކޮންމެހެން ނުޖެހޭނެއެވެ. އެހެންކަމަށްވާނަމަ ވެކްސިން ޖެހުމަކުން ގެއްލުމެއް ވެސް ނެތެވެ.
ހިމަބިއްސާ ދެކޮޅަށް ޖަހާ ވެކްސިން ހިލޭ ޖެހޭނެއެވެ. ހިމަބިހިން ރައްކާތެރިކުރުމަށްޓަކައި ދެނީ އެމްއެމްއާރް ވެކްސިންގެ ކޮމްބިނޭޝަން އެކެވެ. ބަލިން ފުރިހަމައަށް ރައްކާތެރިވުމަށް ދެ ޑޯޒް ދޭންވާނެއެވެ.
ދަރިއަކު ހޯދަން ވިސްނާ އަންހެނުންވެސް ބަިވެ އިނުމުގެ ކުރިން ބަލިން ދިފާއުވުމަށް އިމިއުނައިޒް ކުރަންޖެހޭތޯ ޑޮކްޓަރަކާ މަޝްވަރާ ކުރަންވާނެއެވެ. މަޝްވަރާއަށްފަހު ބަލިވެ އިނުމުގެ 28 ދުވަސްކުރިން އެމްއެމްއާރް ވެކްސިން ޖަހަންވާނެއެވެ. ނުވަތަ ވިހެއުމާއެކު ވެކްސިން ދޭންވާނެއެވެ.
ނޯޓ: މިއީ ކުއީންސްލޭންޑް ހެލްތު ވެބްސައިޓުން ނަގާފައިވާ ލިޔުމެއްގެ ތަރުޖަމާއެކުވެ