ރާއްޖޭގެ ދިރާސީ އައުއަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މި ފެށުނު ދިރާސީ އައު އަހަރުގައި ރާއްޖޭގެ 214 ސްކޫލެއްގައި ގަތްދިހަ ތިން ހާސް ދަރިވަރުން ކިޔަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި ހަތްދިހަ ތިންހާސް ދަރިވަރުންނަކީ އެލްކޭޖީއާއި ގްރޭޑު 12 އާ ދެމެދުގެ ގްރޭޑު ތަކުގައި ކިޔަވަމުންދާ ކުދީންނެވެ. މިއަދު އެންމެ ފާހަގަކޮށްލެވުނު ކަމަކީ ކުރިން އެމްއީއެސް ހިންގި އިމާރާތުގައި އިއްޒުއްދީން ސްކުލް ނަމުގައި އައު ސްކޫލެއް ހުޅުވުމެވެ.
ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ އެ ސްކޫލަކީ ސަރަހައްދުގައި ވެސް ފާހަގަ ކޮށްލެވޭ މޮޅެތި ދަރިވަރުން އުފައްދާނެ ސްކޫލަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ސްކޫލްގެ ދަރިވަރުން މަސައްލަތް ކުރަންވީ ވިދާބަބުޅާނެ ފަދަ ދަރިވަރުންތަކަކަށް ވުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޢިއްޒުއްދީން ސްކޫލަކީ މާލެ ސަރަހައްދުގައި ހުޅުނުވުނު 16 ވަނަ ސްކޫލެވެ. އެހެންނަމަވެސް ދަރިވަރުންނާއި ޓީޗަރުން މިވަގުތު އެންމެ މަދީވެސް އެ ސްކޫލުގައެވެ. މިއަދު ވަނީ އެސްކޫލުގައި ކިޔަވާ ދަރިވަރުންނަށް މެންދުރުގެ ކެއުން ވެސް ހަމަޖައްސައިފައެވެ. ހެނދުނު ދޭ ނާސްތާއާ ޚިލާފަށް ކުދިންނަށް މެންދުރުގެ ކެއުންދޭނީ ދަރިވަރުންގެ ބެލެނިވެރިންނެވެ. އެހެންކަމުން ކުދިން ސްކޫލް ކިޔެވުން ނިންމާލާފައި ގެއަށްދާނީ މެންދަރު ނަމާދުކޮށްގެން ކައިގެންނެވެ.
ދިރާސީ އައުއަހަރު ފެށުނުއިރު ގިނަޓީޗަރުން ވަނީ ހަމަކުރެވިފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.