ހއ. ފިއްލަދޫއަށް އަޅުގަނޑު މީގެ ހައެއްކަ އަހަރު ކުރިން ދިޔައިރުވެސް ފިއްލަދޫ މީހުން ދެކެމުން އައި އެއް ހުވަފެނަކީ އެރަށުގެ ނަރުދަމާގެ ޚިދުމަތް ޤާއިމްވުމެވެ. ފިއްލަދޫއާ ގުޅިފައިވާ ދައްޕަރުގައި އޭރު ތަރައްޤީ ކުރަން ފެށި ރިސޯރޓާއެކު ރަށުގެ ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތް ލަސްތަކެއް ނުވެ ލިބޭނެކަމުގެ އުއްމީދު ބޮޑުވިއެވެ. ރިސޯރޓެއްގެ ގޮތުގައި ދައްޕަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނޫމަޑިއާ ޙަވާލުކުރިއިރު އިޖްތިމާޢީ ޒިންމާގެ ދަށުން އެކުންފުންޏާ ފިއްލަދޫގެ ނަރުދަމާގެ މަސައްކަތް ޙަވާލުކުރިއެވެ. ނަރުދަމާގެ މަސައްކަތަށް ގެންދިޔަ ހޮޅިއާއި އެނޫންވެސް އެތައް މިލިއަން ރުފިޔާގެ އާލާތްތައް އެރަށު ކައުންސިލް އިދާރާއާ ދިމާ އަތިރިމަތީގައި އަދިވެސް އެބަހުށްޓެވެ. ދޭހާ އަތްވަކާއި ވެހޭހާވާރެއެއްގައި ހުރެ އެތަކެތި މިހާރު ވަނީ ބޭނުން ނުކުރެވެވަރު ވެފައެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކުރިން ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަން އުޅުނީ އިޖްތިމާޢީ ޒިންމާގެ ތެރެއިން ނޫމަޑިން ދައްޕަރު ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރިއިރުގައި ކަމަށެވެ. ނަމަވެސް ދައްޕަރުގެ މަސައްކަތް ކުރިއަށް ނުދިއުމާއެކު ނަރުދަމާގެ މަސައްކަތްވެސް ހުއްޓުނީކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ފިއްލަދޫއަށް ނަރުދަމާގެ އެޅުމަށް ބޭނުންވާ ހޮޅިފަދަ އާލާތްތައް ގެންގޮސްފައިވަނީ ވެސް އެކުންފުނިން ކަމަށް ފަލާޙް ފާހަގަ ކުރެއްވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ނަރުދަމާއަޅަން ބޭނުންވާ ބައެއް ސާމާނު އޭރު ގެނެސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އިންތިޚާބާ ގުޅިގެން ސިޔާސީ ކަމެއްގެ ގޮތުގައި ކަމަށް ދެކެވަޑައިގަންނަވާކަށެވެ. ނޫމަޑިއަށް ބޮޑު ބަދަލެއް ދޭންޖެހުމުގެ މައްސަލަ މިހާރުވަނީ ފެންމަތިވެފައެވެ.
ރާއްޖޭގެ 11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް މިސަރުކާރުން ޙަވާލުކުރި މަޝްރޫޢުތަކުގައި ފިއްލަދޫވެސް ވަނީ ހިމެނިފައެވެ. ފިއްލަދޫގެ ބޯފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރު ކުރީކޮޅު ފަށާނެކަމަށް އެމަސައްކަތް ޙަވާލުކޮށްފައިވާ ކުންފުނިން ވަނީ ބުނެފައެވެ. ފިއްލަދޫގެ ބޯފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަނާއެވެ. 27.4 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާ މި މަޝްރޫޢު ގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 29 ގައެވެ. މަސައްކަތް ޙަވާކުކޮށްފައި ވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ފިއްލަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަނީ މިއަހަރު އަހަރުގެ ބަޖެޓްގައި ވެސް ހިމަނައިފައެވެ.
ސާސްއީ ގެ ސައިޓް އޮފިސަރ ޢަލީ އަކްރަމް އާފަތިސް އޮންލައިންނަށް މަޢުލޫމާތު ދެއްވި ގޮތުގައި ފިއްލަދޫގެ އިތުރުން ދެ ރަށެއްގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ އެކުއެކީގައެވެ. އެކުންފުނިން މަސައްކަތް ފެށުމަށް ހަމަޖެހިފައި އަނެއް ދެރަށަކީ ހދ. ފިނޭ އާއި ނާވައިދޫއެވެ. ފިއްލަދޫއާއި ފިނޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިނަމަވެސް ނާވައިދޫގައި ކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ބޯފެނުގެ ނިޒާމުގެ މަސައްކަތެވެ.
އަކްރަމް ވިދާޅުވީ މިތިންރަށުގައި މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ ސާރވޭގެ މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ޑިޒައިން ގެ މަސައްކަތް ކަމަށެވެ. ޑިޒައިން ކުރަމުން ދަނީ ރިއަން އިންނެވެ. ޑިޒައިން މަސައްކަތް ޖެނުއަރީ ފަހުކޮޅު ނިންމާލެވޭނެ ކަމަށް ސާސްއީން ލަފާކުރައްވައެވެ.
އެކުންފުނިން މިހާރު ވެސް ދަނީ ތިންރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންނެވެ. އެއީ އެއީ ހއ. އުތީމާއި ރ. ރަސްމާދޫއާއި ނ. ލަންދޫގައެވެ. އަދި ހުޅުމާލޭ ފޭސް 2 ގެ ނަރުދަމާގެ ޕަންޕް ސްޓޭޝަންގެ މަސައްކަތެވެ.
ސާސީން ބުނީ މަސައްކަތް ނިންމާލެވޭނެ މުއްދަތެއް އެނގޭނީ މަސައްކަތް ފެށުމުން ކަމަށެވެ. އަދި މަސައްކަތް ކުރަން ބޭނުންވާ ސައިޓްވެސް އެކުންފުންޏާ ހަވާލު ނުކުރެވޭކަމަށް ފާހަގަ ކުރެއްވިއެވެ.
ފިއްލަދޫ ކައުން ސިލުން ބުނީ ޑިޒައިން މަސައްކަތް ނިމި މަސައްކަތަށް އެކުންފުނި އަންނަންވާއިރަށް ކައުންސިލުން ކުރައްވަން ޖެހޭ ކަންކަން ނިންމާނެކަމުގައެވެ. ފެނާ ނަރުދަމާ ހޮޅި ވަޅުލުމަށް ނަގަންޖެހޭ އާންމުންގެ ރުއްގަހަށް ވެސް ކައުންސިލުން މިހާރު ވާނީ ބަދަލު ދީފައިކަމަށް ފިއްލަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ފަލާޙު ވިދާޅުވިއެވެ. ނަރުދަމާ ޤާއިމް ކުރުމަށް ބަހަށްޓާ ތިން ޕަންޕް ސްޓޭޝަން ބަހަށްޓާނެ ބިންވެސް މިހާރު ވަނީ ކަނޑައެޅިފައެވެ.
1127 މީހުންގެ އާބާދީ އޮންނަ ފިއްލަދޫ އަކީ ވަރަށް ފެންތިލަ ރަށެކެވެ. ނަރުދަމާގެ ނިޒާމެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. ފިއްލަދޫގައި އާންމުކޮށް މީހުން ބޮއެއުޅެނީ ވާރޭ ފެނެވެ. ނަމަވެސް ބައެއް މީހުން މާލެއިން ގެންދާ މިނެރަލް ވޯޓާރވެސް ބޯން ބޭނުން ކުރެއެވެ.
ފިއްލަދޫގެ ނަރުދަމާގެ ނިޒާމަށް ކުރިން ކުރި އުއްމީދު ފެނަށްވެ ދިޔަގޮތަށް، މިފަހަރު ނުވެ، ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ކަށަވަރު ވުމަކީ އެރަށުގެ ރައްޔިތުން އިންތިހާ އަށް ބޭނުންވާ ކަމެކެވެ.
މިލިޔުން ކިޔާލުމުން ދޭހަވަނީ ސިޔާސީގޮތުން ވަކިމަގުޞަދެއް ހާސިލް ކުރަން ލިޔުނު ލިޔުމެކަމެވެ. ސަބަބަކީ 2019 ގެ މަޖިލިސް އިންތހިހާބާ ދިމާކޮށް ފިއްލަދޫގެ ނަރުދަހަމާ އަޅަން އިއުލާންކޮށް އެަހަރުތެރޭ ފަށާނެކަމަށް ރައިިސް ވިދހާލުވީ ފިއްލަދޫ ރައްޔިތުން ކުރިމަތީ އަދިވެސް ނުފެށޭ