
ހއ. ފިއްލަދޫގައި މޫދު ކަސްރަތު ޕްރޮގަރާމެއް ހިންގަންފަށައިފިއެވެ. ފިއްލަދޫގައި މޫދު ކަސްރަތު ޕްރޮގަރާމް ހިންގަނީ ފިއްލަދޫ ޞިއްޙީ މަރިކަޒާއި ރަށު ކައުންސިލުން އިސްނަގައިގެން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެންނެވެ.
ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވެފައީ ވަނީ ކިޔަވާ ކުދިންނާއި ބޮޑެތި އަންހެނުންނެވެ. ސްކޫލު ކުދިންނާއި އަންހެނުންނަށް މޫދު ކަސްރަތު ކްލާސް ހިންގަނީ ވަކިންނެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެދުނާއި ހަވީރު ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދެއެވެ. މިމަހު 16 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 4 ގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ.
ފިއްލަދޫ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި މޫދު ކަސްރަތުގައި 100 އެއްހާ މީހުން ބައިވެރި ވިއެވެ. ބައިވެރިންގެ ތެރޭގައި ޗުއްޓީއަށް ފިއްލަދޫއަށް އައިސް އުޅޭ މީހުން ވެސް ހިމެނެއެވެ. މިއީ ފިއްލަދޫގައި ހިންގާ މޫދު ކަސްރަތުގެ ދެވަނަ ޕްރޮގަރާމެވެ. ފުރަތަމަ ޕްރޮގްރާމް ހިންގައިފައި ވަނީ ފުލުހުންނާއި ގުޅިގެންނެވެ.