
ތުރުކީގެ ނައިޓްކްލަބެއްގައި އައުއަހަރު ލައިގަތްރޭ ބަޑިޖަހާ ތިރީސްނުވަމީހުންމަރާލި މީހާ ތުރުކީ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަން އެއްގައި ހައްޔަރުކޮށްފިއެވެ . އުޒްބަކިސްތާންގެ ރައްޔިތެއްކަމަށްވާ އަބްދުލްގާދިރު މަޝާރިޕޯވް ތުރުކީއިން ބޭރުވެއްޖެކަމަށް ރިޕޯޓްތައް ބުނެފައިވީނަމަވެސް އޭނާފެނިފައިވަނީ އިސްތަންބުލްގައި ހުންނަ އޭނާގެ ރަހުމަތްތެރިއެއްގެ ފްލެޓުންނެވެ. އަބްދުލްގާދިރު މަޝާރިޕޯވް ތުރުކީގެ ތަނަކަށް ހަމަލާދިނީ ސޫރިޔާހަގުރާމައިގައި ތުރުކީން ބައިވެރިވާތީ އެކަމުގެ ބަދަލުގައި ކަމަށް ހަމަލާތަކުގެ ޒިންމާނަގަމުން އައިއެސްޖަމާއަތުން ބުނެފައިވެއެވެ. ތުރުކީ ފުލުހުން ހޯމަދުވަހުގެރޭ ހިންގި ޚާއްސަ އޮޕަރޭޝަން ގައި އަބްދުލްގާދިރު މަޝާރިޕޯވް އާއެކު އޭނާހުރި ފްލެޓްގެވެރިޔާ އާއި ތިން އަންހެނުންވެސް ހައްޔަރުކޮށްފައިވެއެވެ. ތުރުކީގެ ހުއްރިއްޔަތު ނޫހާ ހަވާލާދީ ލިބޭ ޚަބަރުތައްބުނާގޮތުގައި މަޝާރިޕޯވް ފުލުހުންގެ ޚާއްސަ ތަހުގީގްތަކަށް ވެއްދުމުގެ ކުރިން ޚާއްސަ މެޑިކަލް ޗެކްއަޕްތަކެއް ހެދޭނެއެވެ.
އަބްދުލްގާދިރު މަޝާރިޕޯވް ދެދަރިންނާ އަންހެނުންނާއެކު ތުރުކީއަށް ދަތުރުކޮށްފައިވަނީ ޑިސެމްބަރުމަހުގެ ފަނަރަވަނަދުވަހުކަމަށާ އެއަށްފަހު ތުރުކީގެ ކޮންޔާ ސިޓީއިން ފްލެޓެއް ކުއްޔަށްނަގާފައިވާ ކަމަށް ޚަބަރުލިބެއެވެ. މަތީފަންތީގެ ނައިތްކްލަބްއަކަށް ބަޑި ހިފައިގެންވަދެ ހަމަލާތަކެއް ދިނުމުގެ ކުރިން އޭނާއަމިއްލަ އަށް "ސެލްފީ" ވީޑިއޯ އެއްނަގާ އަޕްލޯޑްކޮށްފައިވެއެވެ.