
އާއަހަރާއެކު އެޕޮއިންޓްމަންޓަކާ ނުލާ ތިމާވެށްޓާ ބެހޭ ވަޒީރު ޑޮކްޓަރ ޙުޞައިން ރަޝީދުއާ ބައްދަލުކުރުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލުމަށް ނިންމައިވައިފިއެވެ. މިކަން ހާމަކޮށްފައިވައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އިން ކުރެއްވި ޓްވީޓެއްގައެވެ.
އެ ވުޒާރާއިން ކުރެއްވި ޓްވިޓްގައި ވިދާޅުވެފައިވަނީ އާއަހަރުން ފެށިގެން، ކޮންމެ އަދީއްތަ ދުވައެއްގެ ހެދުނު 9 ން 10 ށް އެޕޮއިންޓް މެންޓަކާ ނުލައި އާންމުންނަށް ތިމާވެށްޓާބެހޭ ވަޒީރާ ބައްދަލު ކުރެއްވޭނެކަމަށެވެ. އަދި އެބައްދަލުވުމުގައި ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން އެމަނިކުފާނާ މަޝްވަރާ ކުރެއްވޭނެކަމަށެވެ. ނަމަވެސް ބައްދަލު ކުރެއްވުން ބާއްވާނީ ކޮންތަނެއްގައި ކަމެއް ހާމައެއް ނުކުރައްވައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވަޒީރަކު މިފަދަ ގޮތަކަށް އާންމުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވުމަށް ނިންމެވި މިއީ ފުރަތަމަ ފަހަރެވެ. ރާއްޖެފަދަ ތިމާވެށީގެ މައްސަލަތައް އިންތިހާއަށް ކުރިމަތިވަމުން އަންނަ ޤައުމެއްގައި މިފަދަ ގޮތަކަށް އާންމުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފުރުޞަތު ހުޅުވާލުމަކީ މުހިންމު ކަމެކެވެ.